5 ކިލޯ މީޓަރު ފެތުމުގެ ނެޝަނަލް ޗެންޕިއަންކަން އަޔާނާ އަދި ރިހާންއަށް
15 ވަނަ ޤައުމީ އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން މިއަދު ނިމުނުއިރު މުބާރާތުގެ 5 ކިލޯ މީޓަރު ފިރިހެން ޤައުމީ ޗެންޕިއަންކަން މުހައްމަދު ރިހާން ޝިހާމް ހޯދިއިރު، މިއިވެންޓްގެ އަންހެން ޗެމްޕިއަންކަން އަޔާނާ އަރީފް ހޯދައިފި އެވެ.
5 ކިލޯ މީޓަރު އިވެންޓުގެ ފިރިހެން ޤައުމީ ޗެންޕިއަންކަން ރިހާން ހޯދިއިރު، ދެވަނަ ހޯދީ ޔާސީން މުހައްމަދު ޔޫސުފް އެވެ. އަދި ތިންވަނަ ހޯދީ މުބާލް އައްޒާމް އިބްރާހިމް އެވެ. މީގެ އިތުރުން 5 ކިލޯ މީޓަރު އިވެންޓުގެ އަންހެން ޤައުމީ ޗެންޕިއަންކަން އަޔާނާ ހޯދިއިރު، ދެވަނަ ހޯދީ އައިޝަތު އަލީނާ ޝާހިދު އެވެ. އަދި ތިންވަނަ ހޯދީ ލައިބާ ހަސަން މަނިކް އެވެ.
ސެޕްޓެމްބަރ 27 އަދި 28 ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ 240 ފަރާތަކުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް