މަޖިލިސް މެންބަރުކަމުން މަހުލޫފާއި މާރިޔާ އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
މަހުލޫފާއި މާރިޔާ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުލޫފު މަގާމުން އިސްތިއުފާދެއްވީ، އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ މަގާމެއް އަދާކުރެއްވުމަށެވެ. އަދި އެ މަގާމަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މަގާމްކަމަށްވެސް ވަނީ އެނގިފައެވެ.
މީގެ އިތުރުން މާރިޔާ އަހުމަދު ދީދީވެސް އިސްތިއުފާދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު އަދާކުރެއްވުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މަހުލޫފާއި މާރިޔާ ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އިދިކޮޅު ހަރަކާތުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް