ފިޔާ ބަރުކޮށްގެން ދިޔަ ޓްރަކެއް އެކްސިޑެންޓްވުމުން ފިޔާތައް ވަގަށް ނަގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފިޔާ ބަރުކޮށްގެން އިންޑިއާގެ ޕޫނޭ-މުމްބާއި އެކްސްޕްރެސްވޭ އިން ދަތުރުކޮށްފައި ދިޔަ ޓްރަކެއް އެކްސިޑެންޓްވެ ޑްރައިވަރަށް ބޮޑެތި އަނިޔާތަކެއްވެފައި އޮއްވައި އެ ސަރަހައްދުގައި ތިބި އާންމުން ފިޔާތައް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނިގޮތުގައި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރަށް ޓްރަކްގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުންނެވެ.
އެކްސްޕްރެސްވޭގައި ދުއްވަމުން ދިޔަ ޓްރަކް އެކްސިޑެންޓް ވުމުގެ ސަބަބުން 30 ފޫޓު މަތިން މުމްބާއި-ޕޫނޭ ހައިވޭއަށް ވެއްޓުނު އިރު ޑްރައިވަރަށް އޮތީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ނަމަވެސް އެ ސަރަހައްދުން ހިނގާފަ ދިޔަ އާންމުން އަދި ދުއްވާ އުޅަނދުފަހަރުގައި ތިބި މީހުން އަވަސްވެގަތީ ޑްރައިވަރަށް އެހީވުމުގެ ބަދަލުގައި މަގުމައްޗަށް ވެއްޓިފައިވާ ފިޔާތައް އެއްކުރުމަށް ކަމުގައި މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.
ފަރުވާ ދިނުމަށްޓަކައި ޑައިވަރު ވަނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދެވިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
މަގުމައްޗައް އެޅުނު ފިޔާތައް ވަގަށް ނެގި މީހުންގެ މައްސަލަ ބަލާނެ ގޮތަކާމެދު ފުލުހުން ދަނީ ވިސްނަމުން ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް