ރާބަދި ޗެލެންޖްގައި މީދުއްޕަރާއި، އެމަރަލް ބައްދަލުކުރިމެޗް..
ރާބަދި ޗެލެންޖްގައި މީދުއްޕަރާއި، އެމަރަލް ބައްދަލުކުރިމެޗް..
ކުޅިވަރު 16 Apr 2026 | 08:49

އެމްޖޭއެސް ރާބަދި ޗެލެންޖް؛ މީދުއްޕަރާއި ފާރުފުށި މެޗް އެއްވަރުވިއިރު، ޖޯލި ފެށުން ރަނގަޅުކޮށްފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެމްޖޭއެސް ރާބަދި ޗެލެންޖު ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗް މީދުއްޕަރާއި އެމަރަލްޑް ފާރުފުށި އެއްވަރުވިއިރު، ޖޯލި ކުޅުނު މެޗް އެޓީމުން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނަގޅުކޮށްފިއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ދެމެޗް ކުޅުނުއިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ، މީދުއްޕަރާއި އެމަރަލްޑް ފާރުފުށި ރިސޯޓެވެ. މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ މީދުއްޕަރެވެ. އެއީ މެޗްގެ 23 ވަނަ މިނެޓް ތެރޭގައި ނާޖިހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާހީން ޖަހައިދިން ލަނޑުންނެވެ.

މީދުއްޕަރުން ލީޑް ނަގާފައިވަނިކޮށް ފާރުފުށިން ވަނީ އޭގެ ހަތަރުމިނެޓް ފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، މުހައްމަދު އަލީފްއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މީދުއްޕަރުގެ ސާހީންނެވެ.

މުބާރާތުގެ ދެވަނަ މެޗްގައި ޖޯލި ކުޅުނުމެޗް އެޓީމުން ކާމިޔާބުކުރީ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ޖޯލި ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ އެމަރަލްޑުންނެވެ. އެއީ މެޗް ފަށައިގެން 13 ވަނަ މިނެޓް ތެރޭގައި މުހައްމަދު އިމްތިޔާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޖޯއްޔާއި އެމަރަލްޑް ބައްދަލުކުރިމެޗްގެ ތެރެއިން..

މެޗްގައި ޖޯލިން އެއްވަރުކުރި ލަނޑު ޖަހައިދިނީ 32 ވަނަ މިނެޓް ތެރޭގައި އަލީ އިސާމެވެ. ޖޯއްޔަށް ލީޑް ނަގައިދިނީވެސް އިސާމެވެ. މެޗްގައި ދެން ޖޯއްޔަށް ލަނޑުތައް ޖަހައިދިނީ މޫސާ މުޒާހް އަދި މޫސާ ލަތީފެވެ. މެޗްގައި އިސާމް ވަނީ ތިން ލަނޑުޖަހައި މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އިސާމެވެ. މޮޅުކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު ރާފިއުއެވެ.

މުބާރާތުގައި މިރޭވެސް މެޗްތައް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ. ފުރަތަމަ 21:00 ގައި ކުޅޭ މެޗްގައި ޖޯލި ނިކުންނާނީ ކޮތައިފަރާ ދެކޮޅަށެވެ. ދެވަނަ މެވްގައި ބައްދަލުކުރާނީ ދި ސްޓޭންޑަޑާއި ރާޔާ ބައި އެޓަމޯސްފިއާއެވެ. މިމެޗް ފަށާނީ 22:00 ގައެވެ. މި ހުރިހާ މެޗެއްވެސް ރާބަދި ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...