ޑތ މުޙައްމަދު ޢަލީ
ޑތ މުޙައްމަދު ޢަލީ
ލައިފްސްޓައިލް 06 Jan 2026 | 07:28

ޑރ. މުހައްމަދު ޢަލީ މި ކިޔައިދެއްވަނީ އިންސްޓަންޓް ނޫޑްލްސްއިން ލިބިދޭ ގެއްލުންތައް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ތައްޔާރުކޮށްލަން ފަސޭހަވެފައި ރަހަ މީރު އިންސްޓަންޓް ނޫޑުލީހަކީ ސިއްޙަތައް  ނުރައްކާަތެރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗެއް ކަމަށް ވިދާޅުވެ މަޝްހޫރު ފިޒިޝަން ޑރ. މުހައްމަދު އަލީ އިންޒާރު ދެއްވައިފިއެވެ.

އެގޮތުން ޑރ. މުހައްމަދު އަލީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫޑްލްސް މީރުކުރުމަށް އަޅާ ނޫޑުލްސް ސޫޕް ޕެކެޓުގައި ވަރަށް ގިނަ ސޯޑިއަމް ހިމެނޭ ކަން ޑރ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ޕެކެޓްގައި އެކަނިވެސް 1500 އާއި 2000 މިލިގްރާމާ ދެމެދުގެ އަދަދަކަށް ލޮނު، ސޯޑިއަމްގެ ގެ ގޮތުގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

”މިއީ އަޅުގަނޑުމެންގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ މިންވަރަށްވުރެ 70 އާއި 100 އިންސައްތަ އިތުރު އަދަދެއް. ލޮނު އިތުރުވުމުގެ ސަބަބުން ލޭމައްޗަށް ދިއުމުގެ ފުރުސަތު އިތުރުވެގެންދޭ. އަދި، ހާޓް އެޓޭކް، ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ޖެހުމަށް މަގުފަހިވެގެންދޭ. އަދި މީގެ އިތުރުން ލޭގެ ޕްރެޝަރު މަތިވުމާ،  ބަނޑުގައި ސަރުބީޖެހުމާ އެކަންތައްތައްވެސް ކުރިމަތިވޭ“ ޑރ ވިދާޅުވިއެވެ.

މީގެ އިތުރުން ނޫޑުލްސް ތައްޔާރުކުރުމުގައި ބޭނުންކުރާ ޕާމް އޮއިލްގެ ސަބަބުން ހަށިގަނޑަށް ގެއްލުންދެނިވި ސެޗުރޭޓަޑް ފެޓްސް ލިބި، ކޮލެސްޓްރޯލް މަތިވާކަމަށާ، ވަކިން ހާއްސަކޮށް "ޓްރައިގްލިސަރައިޑް" ކޮލެސްޓްރޯލް މަތިކޮށް، ފެޓީ ލިވަރ ނުވަތަ ފުރަމޭގައި ސަރުބީ ޖަހައި، ”ސަރުބީ ބަނޑެއް“ އުފެދޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

”މިއީ ހަށިގަނޑަށް އެހާ ނިޔުޓްރިޝަން ލިބިދޭ އެއްޗެއް ނޫން. އެއީ ނޫޑުލްސް ހެދިފައި ހުންނަނީ ރިފައިންޑް ފްލާ (ފުށުން) އިން، އޭގައި ކާބޯހައިޑްރޭޓްސް ވަރަށްގިނަ، ފައިބަރ ވަރަށްމަދު، ޕްރޮޓީން، ވިޓަމިންސްއާ މިނަރަލްސްވެސް ވަރަށް މަދު. މީގެ ސަބަބުން ބަނޑުފުރޭ މިންވަރު ކުޑަވެ، އަވަހަށް ބަނޑުހައިވުމާއި ބަރުދަން އިތުރުވުމުގެ ފުރުސަތު އިތުރުވޭ. ހަށިގަނޑުގައި ހަކުރުމަތިވާ ގޮތްވޭ، އަނެއްކާ އެހެން ކަހަލަ ނިޔުޓްރިއަންޓްސް ހަށިގަނޑަށް ލިބޭ މިންވަރު މަދުވެގެންދޭ.“ ޑރ. މުހައްމަދު ޢަލީ ވިދާޅުވިއެވެ.

ހަމައެހެންމެ، ނޫޑުލްސްގައި ހިމެނޭ "މޮނޯސޯޑިއަމް ގުލޫޓަމޭޓް" (އެމް.އެސް.ޖީ) ނޫޑްލީހުގައި ހިމެނޭއިރު، މިއީ އާންމުކޮށް ބޭނުންކުރުން ހުއްދަ މާއްދާއެއް ނަމަވެސް ބައެއް މީހުންނަށް މީގެ ސަބަބުން ބޮލުގައި ރިހުމާއި މޫނުމައްޗަށް ހޫނުވުން ފަދަ އުނދަގޫތައް ކުރިމަތިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އަދި ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ބައެއް ދިރާސާތަކުން ނޫޑުލްސްގައި ހިމެނޭ ބައެއް މާއްދާތަކުން ޓިއުމަރު އުފެދޭކަން ފާހަގަވެފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

އެކަކަމު، އިންސާނުންނަށް ޓިޔުމަރު ޖެހޭ ކަމަށް ނޫނީ، ކެންސަރު ޖެހޭކަން މިއިން އެއްވެސް އެއްޗެއްގައި އެނގިފައެއް ނެތް. އެކަމަކު، ފުރުސަތެއް އޮވޭ.

މީގެ އިތުރުން ހަށިގަނޑަށް ބޭނުން ނުވާ އެތައް ހެވީ މެޓަލް، ނުވަތަ ބަރު މައުދަންތަކާއި އެކި ކެމިކަލްތައް ނޫޑްލީހުގައި ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، ރަނގަޅުގޮތަކީ އާންމު ކެއުމުގެ ތެރޭގައި ނޫޑުލްސް ނުހިމެނުން ކަމަށާ، ނޫޑުލްސް ކާންޖެހިއްޖެ ހާލަތެއްގައިވެސް، އޭގައި ހިމެނޭ ލޮނު ޕެކެޓުގެ ދެބައިކުޅަ އެއްބައި ބޭނުންކުރުމަށް ނުވަތަ އަމިއްލައަށް ތައްޔާރުކުރާ ސޯސްއެއް/ ހަވާދެއް ބޭނުންކުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ.

މީގެ އިތުރުން، ނޫޑުލްސް ކާއިރު ގިނައިން ތަރުކާރީ ހިމެނުމަކީ އޭގެން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަމެއް ކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...