ސްޕޯޓްސް އެވޯޑް: ސާއިދު މަގާމު ދިފާއުކުރިއިރު، އެންމެ މޮޅު ކޯޗުގެ މަގާމް ފާއިލް އަދި ނަޝްފާއަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި އެތްލެޓިކްސް އިން މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމް ހަސަން ސާއިދު ދިފާއު ކުރިއިރު، އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނީ އަހްނާ ނިޒާރު އެވެ.
އެންމެ މެޅު ޓެކްނިކަލް އޮފިޝަލުންގެ އެވޯޑްތައް ހާސިލް ކުރީ ހައްވާ އަބްދުލް މަޖީދު އަދި މުހައްމަދު ޖަވާޒް އެވެ. ފިރިހެން އެންމެ މޮޅު ކޯޗަކަށް އެތްލެޓިކްސް ކޯޗު އަހުމަދު ފާއިލް ހޮވުނު އިރު، އެންމެ މޮޅު އަންހެން ކޯޗަކީ ހޭންޑްބޯޅަ ކޯޗު ނަޝްފާ އާމިރާ އެވެ.
ބެޑްމިންޓަން އެންމެ މޮޅު އަންހެން އެތުލީޓިގެ މަގާމް ފާތިމަތު ނަބާހާ ދިފާއުކުރިއިރު، ނިބާލް އަހުމަދު ވަނީ އެންމެ މޮޅު ފިރިހެން ބެޑްމިންޓަން އެތުލީޓްގެ މަގާމު ދިފާއުކޮށްފައެވެ. އަދި ކްރިކެޓްގެ މިދިޔަ އަހަރު އެންމެ މޮޅު ކުޅުންތެރިޔަކީ މިދިޔަ އަހަރުވެސް އެމަގާމް ހޯދި އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް