އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ތެރެއިން... ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ތެރެއިން... ފޮޓޯ: އެސްޓީއޯ
ވިޔަފާރި 16 Dec 2025 | 10:30

އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ރަމަޟާން ބާޒާރުގެ މިއަހަރުގެ ޕްރޮމޯޝަން ފަށައިފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެންޑީ އަހުމަދު ޝަހީރުއެވެ. އެސްޓީއޯއިން ބުނީ މިފަހަރުގެ ރަމަމާން ބާޒާރު އަންނަ އަހަރުގެ މާރޗްމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށެވެ.

އެސްޓީއޯ ރަމަޟާން ބާޒާރަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި އާއްމުނަށް ވިއްކުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު 

ރަަމަޟާން ބާޒާރުގައި މިފަހަރުވެސް ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާއިރު، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ދެއެވެ.

އެސްޓީއޯއިން ބުނީ ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
02 Sep 2026 ހަބަރު

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި

ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނި...