ފޮޓޯ: ސޯސަލްމީޑިޔާ
ފޮޓޯ: ސޯސަލްމީޑިޔާ
ހަބަރު 24 Sep 2026 | 14:47

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ.

"މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި މިދިޔަ އޮގަސްޓް މަހު ރަޖިސްޓްރީ ކުރި މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ހުސެއިން ޝަފީގެވެ.

ބޯޑު މެންބަރުންގެ ގޮތުގައި އޭނާގެ އިތުރުން އަލީ ޒުހައިރު ޝިމާދް އިބްރާހިމް މުހައްމަދު ނިޒާމް އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން ހިމެނިވަޑައިގަންނަވައެވެ.

އަދަދު ނޫހަށް ޔަގީންވެފައިވާ ގޮތުގައި މި ކުންފުނި އުފެއްދީ ތިލަފުށީ ބަނދަރު ތަރައްޤީކުރާ ސަރަހައްދުގެ ބިން ގަތުމަށް ފައިސާ ނެތުމުގެ ސަބަބުންނެވެ.

ކަރުދާހުގައި ކުންފުނީގެ މާލީ ޙާލަތު ވަރުގަދަކުރުމުގެ ބޭނުމުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ބައިވެރިކޮށްފައިވާ ކަމަށްވެއެވެ. މި ކުންފުނި އުފެއްދި ކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ ފުރަތަމަ ފޭސް 2026 ވަނަ އަހަރުގެ ފެބްރުއަރީގައި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވާއިރު އެ ފޭސްގެ ދަށުން ކުރަނީ ބަނދަރުގެ ދިރާސާ އާއި ޑިޒައިންގެ މަސައްކަތެވެ.

ބަނދަރުގެ ކީވޯލް އެޅުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢު ޗައިނާ ކުންފުންޏަކާ ޙަވާލުކުރުމާ ގުޅިގެން އެމެރިކާ އާއި އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

"މި ޕްރޮޖެކްޓު އެވޯޑުކޮށްފައި ވަނީ މި ބާވަތުގެ ޕްރޮޖެކްޓުތައް އެވޯޑް ކުރުމަށް ހަމަޖެހިފައިވާ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް. އެ ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީއަށް ރިއާޔަތް ކުރުމަށްފަހު. އެ ނިންމުމަކީ ވަކި ގައުމަކާމެދު ދެކޭ ގޮތް ހާމަވާ އަދި ވަކި ގައުމަކާ މެދު އޮތް ގުޅުމަކަށް ބަދަލެއް ވެސް އަންނާނެ ނިންމުމެއް ނޫން"

އެ ކަންބޮޑުވުންތަކާ ގުޅިގެން އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މި މަޝްރޫޢުގެ ފުރަތަމަ ފޭސްގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށް ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި
01 Nov 2026 ހަބަރު

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) ޕޯސްޓަލް ވިއުގައިގެ ތެރެއިން އައު ބާޒާރުތައް ހޯދައިދިނުމަށާއި، ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބައިނަލްއަޤުވާމީ އިދާރާތައް ގުޅިގެން މިއަދު ފަށައިފިއެވެ.

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި
29 Oct 2026 ވިޔަފާރި

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ 400 މިލިއަނަށް އެރިއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވެއެވެ.