ފަޒުލް ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފި
އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ހުޅުމާލޭ ފޭސް 2 ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަފިއެވެ.
ފަޒުލް ވަނީ އެސަރައްދުގައި ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށް އެމަސައްކަތުގައި އެ މީހުނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާ އެކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.
މި ޒިޔާރަތުގައި ފަޒުލް ގެ އަރިހުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ފަޒުލް ހަމަޖައްސަވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ފަޒުލް އަކީ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ކުރިން ހުންނެވި މެންބަރެވެ.
ފަޒުލް ވަނީ އެމްބްލިޔުއެސްސީގެ އެމްޑީ ކަން 2015 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް ކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް