ލާމުން އައްޑޫއަށް ހުދު ސަމާލު ނެރެފި!
ލ. އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފިއެެވެ.
މޯލްޑިވްސް މީޓްރޮލޮޖީ އިން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީ އަށް މިއަދުގެ 11:00 ން 16:00 އާއި ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
މިދުވަސް ވަރު ފާހަގަ ކުރެވިފައިމިވަނީ ވިއްސާރަ ދުވަސްވަރެއްގެ ގޮތުގައެވެ.
މޫސުން ގޯސްވެ ވިއްސާރަ ވާނަމަ އަމިއްލަ ގޯތި ގެދޮރާއި މީހުންގެ ރައްކަތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން އަބަދުވެެސް ލަފާ ދެއެެވެ.
އެގޮތުން ވާރޭ ވެހި ފެނބޮޑުވެ ގޭގެއަށް ފެންވަދެދާނެ ކަމަށް ލަފާކުރެވޭ ނަމަ ގޭގެއަށް ފެން ނުވަންނާނެ ހެން ގޭ ދޮރު ބަންދު ކުުރުން ފަދަ ކަންކަން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް