ގުރޫޕް މާރާމާރީއަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި
މާލޭގައި އިއްޔެ ހަވީރު ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އިއްޔެ ހަވީރު 17:03 ހާއިރު ހެންވޭރުގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާކަމަށާއި، މި މާރާމާރީގައި އެެއްވެސް މީހަކަށް އަނިޔާއެއް ވީކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.
ފުލުހުން ވިދާޅުވީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 22 އަހަރާ އަދި 24 އަހަރުގެ ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މާރާމާރީ ހިނގާފައިވަނީ ހެންވޭރުގައި ހުންނަ ޗީބޯ ކެފޭ ކައިރިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް