ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް. ފޮޓޯ: ވޮއިސް
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް. ފޮޓޯ: ވޮއިސް
ހަބަރު 30 Nov 2023 | 18:13

ޤިޞާޞްގެ ޙުކުމަށް ހުރަސްއެޅޭ ގޮތަށް އޮތް ޤާނޫނުލްއުޤޫބާތުގެ މާއްދާއެއް ސްޕްރީމް ކޯޓުން ބާޠިލް ކޮށްފި

ޤިޞާޞްގެ ޙުކުމަށް ހުރަސް އެޅޭ ގޮތަށް އޮތް ޤާނޫނުލް އުޤޫބާތުގެ މާއްދާއެއް ސްޕްރީމް ކޯޓުން ބާޠިލް ކޮށްފިއެވެ.

ސްޕްރީމް ކޯޓުން މިއަދު ބާޠިލް ކޮށްފައިވަނީ ޤާނޫނުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރު މާއްދާއެވެ. ސްޕްރީމް ކޯޓުން މިއަދު އެޙުކުމް ބާޠީލް ކޮށް ކުރި ޙުކުމްގައި ބުނެފައިވަނީ އެ މާއްދާ އަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ޤިޞާޞް ގެ ޙުކުމް ކަނޑައެޅުމަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައަޅައި ޙުކުމް ކުރީ، މީގެ 11 އަހަރު ކުރިން ވެސްޓް ޕާކް ރެސްޓޯރަންޓް ކައިރީގައި މ. ފެއާރީނޯ އަލީ ޝިފާން ހުއްޓައި އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ޝައިފަން މަރަން ހައި ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ޙުކުމް އިއްވަމުންނެވެ.

ޤާނޫނުއުލްއުޤޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގެ ދެވަނަ ނަންބަރުގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަށް ފުށުއަރާ ނަމަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވި ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެ މާއްދާ ބާތިލް ކަމަށް ތާއީދުކުރައްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ އެއް ތަނެއްގެ މަންޒަރު ފެނުނު ބަޔަކު ކަމަށް ވިޔަސް، ކޮންމެ މީހަކަށް ވެސް މަންޒަރު ފެންނާނީ އެކި ދިމަދިމާއިން އެކި ނިސްބަތަށް ކަމަށެވެ. އެކި މީހުންނަށް ފެނުމާއި ދެނެގަތުމުގެ ޤާބިލުކަން ވެސް ލިބިފައިވަނީ އެކި ވަރަށް ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު ސުޢޫދުގެ ރައުޔުގައި ވަނީ ހެކިބަހުގައި ކުޑަ ކަމެއް އުނިވެގެން މުޅި ހެކިބަސް ނަފީ ނުކުރެވޭ ކަމަށެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ނުވަތަ އެއްވެސް ޝުބުހެއް ނެތް މިންވަރަށް ކުށެއް ސާބިތު ނުވާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ފަނޑިޔާރު ސުޢޫދުގެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ.

މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއް ސުޢޫދާއި، އަޒްމިރާލްދާ ޒާހިރު، އާއިޝާ ޝުޖޫން މުޙައްމަދު، މަހާޒް ޢަލީ ޒާހިރު އަދި ރިޔާސަތު ބެލެހެއްޓެވި އަޙްމަދު މުއްތަސިމް އަދްނާނެވެ.

އުއްތަމަ ފަނޑިޔާރު މުުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔައަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއީދު ކުރެއްވި އެވެ.

ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ އެވެ. އިސްލާމީ ޝަރީއަތުގައިވާ ހަމަތަކުގެ މަތީން ޤިޞާޞް ހިފަން ކަނޑައެޅޭ ވަރަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ނަމަވެސް ޤާނޫނުލްއުޤޫބާތުގެ މާއްދާ އެ ގޮތަށް އޮތުމުން ޤާނޫނާ ޚިލާފަށް އެ އަމުރު ނުނެގެވޭނެ ކަމަށް އޭނާގެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔަކީ އެއީ ގޯސް މާއްދާއެއް ނަމަ އެ ފަރުވާ ހޯދަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ސުޕްރީމް ކޯޓުން ނޫންކަމަށެވެ.

މިއީ 2016 ވަނަ އަހަރު ފަހުން ސުޕްރީމް ކޯޓުން މަރުގެ ޙުކުމެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.