ވަގަށް ނަގައިގެން ގެންގުޅުނު 4 ކޮކްޓެއިލްއެއްގެ ވެރިފަރާތް ހޯދަނީ
ވަގަށް ނަގައިގެން ގެންގުޅުނު ކަމަށް ލަފާ ކުރެވޭ ހަތަރު ކޮކްޓެއިލްއަކާއި ދޫނި ކޮށްޓެއްގެ ވެރިފަރާތް ހޯދުމަށް ޕޮލިހުން އިޢްލާނު ކޮށްފިއެވެ.
ފުލުހުން މިކަމާއި ގުޅޭ ގޮތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ދޫނި ތަކަކީ މ. ފިނޮޅު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދޫނިތަކެއް ކަމަށެވެ. އެތަކެތި މިހާރު ހުރީ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ދޫނިތަކުގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭކަމަށެވެ.
މި ތަކެތި ބަލައި އަންނަން ވާނީ ކާކުކަން އެނގޭ ލިޔުމެއް ހިފައިގެން ކަމަށާއި ތަކެއްޗާ ހަވާލުވާން ދާނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ކަމަށް ޕޮލިހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް