20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާއަށް ވާދަކުރައްވާ ޝަމީމް މުހައްމަދު އިސްމާޢީލް—
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާއަށް ވާދަކުރައްވާ ޝަމީމް މުހައްމަދު އިސްމާޢީލް—
ރިޕޯޓް 16 Apr 2024 | 06:01

ފަރެސްމާތޮޑާ ދާއިރާ އަށް މިފަހަރު ޝަމީމް ނޫން ޗޮއިސް އެއް ނެތް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފަރެސްމާތޮޑާ،ރަތަފަންދޫ އަދި ފިޔޯރީ ހިމެނޭ ފަރެސްމާތޮޑާ ދާއިރާ އަށް ޖުމުލަ ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަންކުރާ ޕާޓީއާއި އިދި ކޮޅު މައި ޕާޓީގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްމަ ގޮތުން ވާދަކުރައްވާ 3 ބޭފުޅުންނެވެ.

އެ އެންމެ ބޭފުޅުންގެ ތެރެއިންވެސް، އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ހަމަ ޔަގީނުންވެސް ކެންޑިޑޭޓް ނަންބަރު 1، ގދ. ފިޔޯރީ، ރިހިދޯދި، ޝަމީމް މުހައްމަދު އިސްމާޢީލެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޝަމީމްގެ ތައުލީމީ ހަޔާތާއި، ލިބިފައިވާ ތަޖުރިބާތަކަށް އެކަނި ބަލާލުމުންވެސް އެކަން ޔަގީންވެގެން ދެއެވެ.

ތަޢުލީމާއި ތަޖުރިބާ

ގޮނޑި ގޮނޑިއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިމާގެ ދާއިރާގެ ގޮނޑި ދޭނެ މީހަކު ކަނޑައަޅާއިރު އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި އެމީހެއްގެ ތަޢުލީމާއި ތަޖުރިބާ ހިމެނެއެވެ. މި ދެ ކަންތަކަކީވެސް އެކުއެކީގައި ދާ ދެކަންތައް ކަމަށް ވާއިރު، ޝަމީމް އަކީ ލިބިފައިވާ ތަޢުލީމާއި އެއްވަރަށް ތަޖުރިބާވެސް ހުރި ބޭފުޅެކެވެ.

އެގޮތުން، ބިޒްނެސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ޝަމީމް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 22 އަހަރުވެއްޖެއެވެ. މިހާރުވެސް ،ނިކަ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ފުރުއްވަމުންދާ ޝަމީމް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި އެ 22 އަހަރުގެ ތެރޭގައި އޭނާ ވަނީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ރިސޯޓް ތަކެއްގައި އިސް މަގާމް ތަކެއް ފުރުއްވާފައެވެ.

އެގޮތުން، އަމިއްލަ ރިސޯޓް އެންޑް ރެސިޑެންސަސްގެ އެސިސްޓެންޓް ރިސޯޓް އޮޮޕަރޭޝަން މަގާމުގެ އިތުރުން، ކުރުންބާ މޯލްޑިވްސްގެ ފްލީޓް މެނޭޖަރ ކަމާއި ޑިޔުޓީ މެނޭޖަރ ކަމުން ފެށިގެންގޮސް، ޑަބްލިޔު މޯލްޑިވްސްގެ އެކްސްކާޝަން މެނޭޖަރ ކަމާއި އަނަންތަރާ ގެ ގެސްޓް ރިލޭޝަންސް އޮފިސަރގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. އަދި މި ނޫން ރިސޯޓް ތަކުގެވެސް އެކިއެކި މަގާމްތައް ޝަމީމް ފުރުއްވާފައި ވާއިރު، އޭނާއަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަޖުރިބާ ނުލިބޭ އޭރިއާއެއް ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ އެވެ.

ފަރެސްމާތޮޑާ ދާއިރާއަށް އޮތް ހަމައެކަނި ޗޮއިސް އަކީ ޝަމީމް

ފަރެސްމާތޮޑާ ދާއިރާ އަކީ ތަޢުލީމަށް ލޯބިކުރާ، ތަޢުލީމީ ޒުވާނުން ގިނަ ދާއިރާއަކަށް ވާއިރު، އެ ދާއިރާގެ ގޮނޑީގައިވެސް އިންނަންވާނީ ތައުލީމީ ޤާބިލް ބޭފުޅެއް ކަމީ ދާއިރާ ރައްޔިތުން ގަބޫލު ކުރާނެ ހަގީގަތެކެވެ. ކަންމިހެން ހުރުމުން، އެ ދާއިރާއަށް ވާދަކުރައްވާ އެހެން ހުރިހާ ކެންޑިޑޭޓުންނާއި ޝަމީމްއާއި އަޅާ ކިޔައި ލުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ޝަމީމް އުޅެނީ މާ ބޮޑަށްވެސް ކުރީގައެވެ. އެހެންވީމާ އެ ރޮނގުން ބަލާލާއިރުވެސް ޝަމީމް ނޫން އިތުރު ޗޮއިސް އެއް ނެތެވެ.

ދެން، ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ޝަމީމް އެ ދާއިރާއަކުން 22 އަހަރުގެ ތަޖުރިބާ ހާސިލް ކުރެއްވި ފަތުރުވެރިކަމުގެ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާގެ ތަރައްގީއާއި މުސްތަގުބަލާއި ހުރި ގުޅުމެވެ.

މުޅި ފަރެސްމާތޮޑާ ދާއިރާގެވެސް އިގްތިޞާދު އެންމެ ބޮޑަށް ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށެވެ. އެ ދާއިރާގައި އެތަކެއް އަހަރު ތަކުގައި އުޅެ، އެކި ފަންތީގެ އެކި މީހުންނާއި ބައްދަލުވެ، ތަޖުރިބާ ހިއްސާ ކުރެވި، ދާއިރާގެ އެކިއެކި އޭރިއާ ތަކުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރާނެ ގޮތާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންކަން އެންމެ ބޮޑަށް އެނގޭ ކެންޑިޑޭޓަކަށްވެސް ވާނީ ޝަމީމް ކަމީ ސުވާލު އުފައްދަންވެސް ޖެހޭނެ ކަމެއް ނޫނެވެ.

ޝަމީމް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އާދައިގެ ވަޒީފާއިން ފެށިގެން އެންމެ މަތީ ވަޒީފާ ތަކުގައިވެސް އުޅެ، ދާއިރާއިން ފަންނީ އެކިއެކި ތަޖުރިބާ ލިބިފައިވާ، ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު ރާައްޖޭގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރައްވަމުންދާ، ދާއިރާގެ އެންމެން ދަންނަ، ކަމުގެ މާހިރެކެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ، އަދި ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނާއި ހަރު މީހުންނާއިވެސް އެކުވެރި، އެންމެންގެ މުޝީރެކެވެ.

މީގެ އިތުރުން، ދިވެހި ރާައްޖެއާއި ބައިނަލްއަގުވާމީ ގޮތުންވެސް ބޭއްވޭ ފަތުރުވެރިކަމާއި ގުޅުންހުރި އެކި ހަރަކާތްތަކުގައި އޭނާ ވަނީ ބައިވެރިފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން، ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ބައްދަލުވެ ގިނަ ކަންކަން ވަނީ ދަސްކޮށްފައެވެ. ވީއިރު، ދާއިރާގެ ކުރިމަގު އުޖާލާ ކޮށް، ޒުވާނުންނަށް ފަހި ގޮތްތައް ހޯދައިދީ ފަތުރުވެރިކަން ކުރިއަރުވައި، ފަރުދުންގެ ޖީބު ތަނަވަސް ކުރަން ބޭނުންވާ ނަމަ، ޝަމީމް ނޫން އިތުރު ޗޮއިސް އެއް އެބަ ފެނޭ ހެއްޔެވެ؟ ޔަގީނުން ނުފެންނާނެ އެވެ. ނެތެވެ.

މިކަންކަމުގެ އިތުރުން ޝަމީމް އަކީ ފަރެސްމާތޮޑާ އެއާޕޯޓް ހަގީގަތަކަށް ހެދުމަށްޓަކައި، އެ ދާއިރާއަށް ނިސްބަތްވާ ޒުވާނުންގެ އެހީއާއެކު، ސަރުކާރުގެ އެންމެ މަތީ ވެރިންނަށް ލޮބީ ކުރުމަށް ހެދުނު “ފަރިބިތު މޫވްމަންޓް” ގެވެސް މުހިންމު ބައިވެރިއެކެވެ.

ޝަމީމްގެ ނަން ހަމައެކަނި ފަވާލެވެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކޮށްދެއްވާފައިވާ ޚިދުމަތްތަކުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، އޭނާ ވަނީ ކުޅިވަރުގެ މައިދާނުގައިވެސް ބައިނަލްއަގުވާމީ މުބާރާތް ތަކުގައި ތިން ފަހަރެއްގެ މަތިން ރާއްޖެ ތަމްސީލް ކުރައްވާފައެވެ. އޭގެ ތެރޭގައި އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން ގޭމްސް ހިމެނެއެވެ.

އެހެންކަމުން، ޝަމީމްގެ ތަޢުލީމާއި، މުޅި ކެރިއަރާއި، ދާއިރާ އަށާއި، ދިވެހި ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތަކަށް ބަލާލައި، އެ ރޮނގުތަކުން ދެންތިއްބެވި ކެންޑިޑޭޓުންނާއި ޝަމީމްއާއި އަޅައި ކިޔާލާއިރު އެނގި ހާމަވެގެންދަނީ ހަމަ އެންމެ ކަމެކެވެ. މި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިއަށް ޝަމީމް ނޫން އެހެން ޗޮއިސް އެއް ނެތް ކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ
18 Aug 2026 ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ

ފަރެސްމާތޮޑާ އެއާޕޯޓުގައި ކާބޯތަކެތީގެ ހިދުމަތްދޭ ކިއޮސްކެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް...

ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
27 Jul 2026 ހަބަރު

ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި

ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ. ފަރެސްމާތޮޑާ ކައުންސިލުން އިއްޔެ ބުނިގޮތުގައި، އެ ސަރަޙައްދުގެ ފަޅުރަށްތ...

އާރުޑީސީން ފަރެސްމާތޮޑާގައި ކުރިއަށްގެންދާ މަޝްރޫޢު ތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
25 Jun 2025 ހަބަރު

އާރުޑީސީން ފަރެސްމާތޮޑާގައި ކުރިއަށްގެންދާ މަޝްރޫޢު ތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޝްރަފް ރަޝީދާއި އެރަށު ކައުންސިލުގެ މެންބަރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާ ބައްދަލު ކުރައްވައިފިއެވެ. މި...

ފައިސަލް ކިޔައިދެއްވީ ނޯކިރީކުރެއްވުމުން ފެށިގެން، މަޖިލިސް ރައީސްގެ މަގާމާހަމައަށް ބައްޕާފުޅު ކުރެއްވި ދަތުރު
23 May 2024 ހަބަރު

ފައިސަލް ކިޔައިދެއްވީ ނޯކިރީކުރެއްވުމުން ފެށިގެން، މަޖިލިސް ރައީސްގެ މަގާމާހަމައަށް ބައްޕާފުޅު ކުރެއްވި ދަތުރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ހަމަޖެއްސެވުމާއިއެކު ބައްޕާފުޅަށް މަރުހަބާ ދަންނަވައި، އެ...

މަޖިލިސް އިންތިހާބު 2024: މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ 182 ކެންޑިޑޭޓުން
22 May 2024 ހަބަރު

މަޖިލިސް އިންތިހާބު 2024: މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ 182 ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން ރޭގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 186 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. މާލީ ބަޔާން ހުށަހަ...

މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށައެޅީ 91 ކެނޑިޑޭޓުން: އީސީ
21 May 2024 ހަބަރު

މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށައެޅީ 91 ކެނޑިޑޭޓުން: އީސީ

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 91 ކެނޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މިފަހ...