ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް
ވިޔަފާރި 18 May 2025 | 08:58

ސަބްސިޑީއަށް ކުރާ ހޭދަ އަންނަނީ ދަށްވަމުން: ފިނޭންސް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސަރުކާރުން ސަބްސިޑީއަށް ކުރަމުން އަންނަ ހޭދަ ދަށްވަމުން އަންނަކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ އެންމެފަހުގެ ތަފާސްހިސާބުތަކާ ގުޅޭގޮތުން މާލީ ވުޒާރާއިން ބުނީ، މިހިނގާ މެއިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި ކުރެވުނު ހޭދަ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21.2 އިންސައްތަ ދަށަސް ގޮސްފައިވާކަމަށެވެ. އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ފިނޭންސުން ބުނީ، ފަތުރުވެރިކަމާ އެކު ދިވެހިރާއްޖޭގެ މުޅި އިޤުތިޞާދަށްވެސް އެދެވޭ ކުރިއެރުމެއް އަންނަމުންދާކަމަށެވެ. މިގޮތުން އަހަރުގެ މިހާތަނަށް ޓޫރިޒަމުން ލިބުނު ކުރިއެރުމާއެކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތުން ކޮށްފައިވާ ޚަރަދު ދަށްވެ، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ސަރޕްލަސް މިވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވަރއޯލް ބެލެންސްގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްކަން  ފިނޭންސުން ފާހަގަކުރިއެވެ.

އެ ވުޒާރާއިްނ އިތުރަށް ބުނެފައިވަނީ، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ، މިހިނގާ މެއިމަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ޙިއްސާކުރާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، ކޯޕަރޭޓް އިންކަމް ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ.

ފިނޭންސުން ބުނީ މެއިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ 25.0 އިންސައްތަ ހޭދަކުރެވިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ.

ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހިނގާފައިވާ ޖުމުލަ ޚަރަދުގެ 91.7 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު މި މުއްދަތުގެ ތެރޭގައި 7.9 އިންސައްތައިން އިތުރުވެފައިވީ ނަމަވެސް ޖުމްލަ ރިކަރަންޓް ހަރަދާއި، ސަބްސިޑީ ދިނުމަށް ދައުލަތުގެ ބައިތުލްމާލުން ކުރާ ހޜދަ ވަނީ 21.2 އިންސައްތަ ދަށްވެފައެވެ.

ހަމަ އެހެންމެ ީގެއިތުރުން، މިއަހަރުގެ ތެރޭގައި ކެޕިޓަލް ޚަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ނިމިގެންދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ހިނގާފައިވާ ފޮރިން ޑިސްބަރސްމަންޓްތައް އިތުރުވެފައިވުމުގެ ސަބަބުން، ޖުމުލަ ކެޕިޓަލް ޚަރަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 73.2 އިންސައްތަ ދަށްކުރެވިފައިވާކަމަށް ފިނޭންސުން ބުނެއެވެ.

ސަބްސިޑީއަށް ސަރުކާރުން ކުރާ ހަރަދުތައް އިތުރުވަުންދާ މައްސަލާގައި އައިއެމްއެފް އަދި ވަރލްޑް ބޭންކުން ވަނީ ރާއްޖޭގައި ސަބްސިޑީ ދިނުމަށް ގެންގުޅެމުންދާ އުސޫލުތައް މުރާޖައާކޮށް، ސަބްސިޑީއަށް ކުރާ ހޭދަ ދަށްކުރުމަށް ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
10 Oct 2026 ހަބަރު

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް ރެކޯޑް އަދަދެއް ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރ...

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
08 Oct 2026 ހަބަރު

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ދަރަނިތައް ދެއްކުމަށް ދިވެހި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ގައުމުގެ މާލީ ގޮންޖެހުންތަކަށް އޮތް ރިސްކު ކުޑަވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ދިވެހިރާއްޖ...

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް
03 Oct 2026 ހަބަރު

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ ލިބޭ އެކިއެކި ދައިރާތަކުގެ ކުރިއެރުން ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ ހަރަދުބަރަދު ހުރިނެތްގޮތާ ގުޅޭގޮ...

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު
30 Sep 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު

ރަސްމާލެ ވޯޓާފްރޮންޓް މެރީނާ މަޝްރޫޢުގެ 10 އަހަރުގެ ތަރައްޤީގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒ...

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި
29 Sep 2026 ހަބަރު

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި

ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް  އޯޕެކް ފަންޑުން ހޯދުމަށް މަޝްވަރާކޮށްފިއެވެ. ދޯހާގައި ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައި...

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
23 Sep 2026 ހަބަރު

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބ...