އީރާނުގެ ޤައުމީޓީމް ކުޅުންތެރިންތަކެއް..
އީރާނުގެ ޤައުމީޓީމް ކުޅުންތެރިންތަކެއް..
ކުޅިވަރު 06 Jun 2026 | 08:25

ވަރލްޑްކަޕްގައި ވާދަކުރާ އީރާނުގެ ކުޅުންތެރިންނަށް އެމެރިކާއިން ވިސާ ދީފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އީރާނާ އެމެރިކާ އާ ދެމެދު ވަރަށްބޮޑަށް ސިޔާސީގޮތުން ހޫނުވެފައިވަނިކޮށް ވަރލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ފުޓްބޯޅަޓީމުގެ ކުޅުންތެރިންނަށް ވިސާ ދީފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން މިއަދު ރިޕޯޓްކުރިގޮތުގައި އީރާންގެ ޓީމަށް ވިސާ ދީފައިވާކަން ވައިޓްހައުސްގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދީފައެވެ. އެމެރިކާއިން އެންމެފަހުން އީރާންގެ ޓީމަށް ވިސާ ދީފައިމިވަނީ އެޓީމް އެމެރިކާގެ ލޮސްއެންޖެލެސްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް 10 ދުވަހަށް ވެފައިވަނިކޮށެވެ.

މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު މިދިޔަ ބްރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ޓީމަށް އަދިވެސް ވިސާ ލިބިފައިނުވާކަމަށެވެ.

އީރާން ޓީމްގެ ކުޅުންތެރިންނަށް ވިސާ ލިބުނު ނަމަވެސް ޓީމުގެ ބައެއް ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް އަދިވެސް ވިސާ ދޫކޮށްފައި ނުވާކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ވޯލްޑް ކަޕަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވިސާގެ ދަތިތަކާ ހުރެ އަދި އެމެރިކާގައި ގިނަ ދުވަހު މަޑުކުރަން ބޭނުންނުވާތީ، އީރާނުން ވަނީ ޓީމުގެ ފަރިތަކުރުންތައް އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފައެވެ. އެ ޓީމު އާދީއްތަ ދުވަހު މެކްސިކޯއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރލްޑްކަޕް ގްރޫޕް 'ޖީ' ގައި ހިމެނޭ އީރާނުގެ ފުރަތަމަ ނިކުންނާނީ ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...