ފައިސަލް ނަސީމް މަގާމުގެ ހުވާކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބުކަމުގެ ހުވާ، ފައިސަލް ނަސީމް ކުރައްވައިފިއެވެ.
ދާދި ދެންމެއަކު ގަލޮޅު ބޯޅަދަނޑުގައި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރެއްވި އިރު، ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ ކުރިފުޅުމަތީގައި، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މަގާމުގެ ފަތްކޮޅުގައި ސޮއިކުރައްވާފައެވެ.
އެމްޑީޕީއާއި އިދިކޮޅު އިއްތިހާދުން 23 ސެޕްޓެމްބަރ ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާާމިޔާބުކުރެއްވިއިރު، ނައިބު ރައީސް ފައިސަލް ނަސީމަކީ، 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީގެ ދަށުން މަގާމުގެ ހުވާކުރެއްވި ހަވަނަ ނައިބު ރައީސްއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާއި ފައިސަލް ނަސީމް ހަވާލުވެ ވަޑައިގަތުމާއި އެކު އެމަނިކުފާނު އަދާކުރައްވަމުން ގެންދެވި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރުކަމުގެ ގޮނޑި ހުސްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް