ލީކްސް ބަތް
ލީކްސް ބަތް
ލައިފްސްޓައިލް 12 Dec 2025 | 04:14

މިއަދު ތައްޔާރު ކުރާނީ ކޮންކަހަލަ ބަތްގަނޑެއްކަން ނޭނގިގެންތަ ތި ވިސްނަނީ؟ މި ރެސިޕީ ކިޔާލާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހުކުރު ދުވަހު މެންދުރު ކުކުޅާއެކު ކާލާނެ މީރު ބަތްގަނޑަކާ މެދުވެސް ބައެއް ފަހަރު ވިސްނާލަން އިންނަން ޖެހި އެކަމަށްވެސް ބޭކާރު ގޮތުގައި ވަގުތު ހޭދަކުރަންޖެހޭ ފަހަރު އާދެއެވެ. އެހެންކަމުން މިފަހަރު މި ގެނެސްދެނީ މީރު ބަތްގަނޑެއްގެ ރެސިޕީއެވެ. މިއީ ކުކުޅު ރިހަ، ޗިލީ ޗިކަން، ފިހުނު ކުކުޅު، ޗިލީ ފިޝް ފަދަ ގިނަ ބާވަތްތަކާއެކު ކާލަން ވަރަށް މީރު ތައްޔާރުކޮށްލަން ފަސޭހަ ބަތެކެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ބާސްމަތީ ހަނޑޫ

1 ޖޯޑު ކެޝޫނަޓް

1/2 ޖޯޑު ހިކިމޭބިސްކަދުރު

1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައި)

1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)

4 ލޮނުމެދު (ޗޮޕް ކޮށްފައި)

އޮލިވް އޮއިލް

1/2 ސައިސަމުސާ ސޯޔާ ސޯސް

ލޮނު

ފެން

ތައްޔާރުކުރާނެ ގޮތް

1) ބާސްމަތީ ހަނޑޫ ދޮވެލުމަށްފަހު ތެލާއި ލޮނާއި ފެންފޮދެއްގައި ބަތް ކައްކާލާށެވެ. ފެން އަޅާނީ ޗަސް ނުވެ ބަތް ހިކިކޮށް ހުންނަ ވަރަށެވެ. ބަތް ކެކުމުން ޓްރޭއެއްގައި ފަތުރާލާފައި ބަހައްޓާށެވެ.

2) ދެން، ތެއްޔަކަށް ކުޑަ ތެޔޮފޮދެއް (ގާތްގަނޑަކަށް 1/4 ޖޯޑު) އެޅުމަށްފަހު، މަޑު ގިނީގައި ބަހައްޓައި ތެޔޮ ހޫނު ވުމުން ކެޝޫނަޓް އަޅައި އެ ތެލުލާލާށެވެ. ދެން އެ ނެގުމަށްފަހު ހިކިމޭބިސްކަދުރުކޮޅު އަޅައިގެން އެވެސް ތެލުލާލާށެވެ. (ނަޓް ތެލުލާއިރު ރަނގަޅަށް ހަލުވައި، އެނދިޔަނުދީ ތެލުލާލަން ސަމާލުކަންދޭން ވާނެއެވެ)

3) ހިކިމޭބިސްކަދުރު ތެލުލެވުމުން އެވެސް ނެގުމަށްފަހު، ތެޔޮ މާ ގިނަ ނަމަ، ތެޔޮވެސް މަދުކޮށްލުމަށްފަހު، ނަޓް ތެލުލި ތެޔޮފޮދުގެ ތެރެއަށް ލީކްސްކޮޅު އަޅާލާށެވެ. ލީކްސް މޯޅި ވުމުން ފިޔާ، ލޮނުމެދު އަދި ކުޑަ ލޮނުކޮޅެއް އަޅާލައިގެން ރަނގަޅަށް ކައްކާލާށެވެ.

4) ފިޔާކޮޅަށް ކުޑަކޮށް މުށި ކުލަ އަރަންފެށުމުން ސޯޔާ ސޯސްފޮދު އަޅާލައި، ނަޓްކޮޅުވެސް އަޅާލައި އެކުލަވާލާށެވެ.

5) ދެން ކެއްކި ބާސްމަތީ ބަތް ތެއްޔަށް އަޅައި ރަނގަޅަށް އެކުލަވާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...