އަބްދުއްރަހުމާން އާދަމް 65,
އަބްދުއްރަހުމާން އާދަމް 65,
ރިޕޯޓް 13 Jul 2025 | 10:10

އަބްދުއްރަހުމާންބެ މަރާލުން: މިވަރުގެ ގަތުލެއް ހިންގަން ޖެހޭ ސަބަބެއް ނެތް

އއ. މާޅޮހުގެ ތާރީހުގައި ރެއަކީ ކަޅު ރެ އެކެވެ. ތިން ހަތަރުސަތޭކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮތް މާޅޮހަކީ ހަމަނުޖެހުމެއް ނެތް އަމާން އޮމާން ރަށެކެވެ. ކުށް މަދު އަމުދުން ބިރުވެރިކަމެއް ނެތް ރަށެކެވެ. އެކަމަކު ރޭގެ ބިރުވެރި ހާދިސާއާއެކު އެކަން ތާރީހުގެ ތެރެއަށް ދިޔައީ އެވެ. މާޅޮހުގައި އޮތް އަމާންކަން ގެއްލުނީ އެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ހަމަޖެހުން ގެއްލުނީ އެވެ.

އެ ރަށު އަބްދުއްރަހުމާން އާދަމް 65, އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހާދިސާއާއެކު ހުރިހާ ރައްޔިތުން ތިބީ ހާސް ކަމުގެ ތެރޭގަ އެވެ. ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. އެ ރަށުގެ ކޮންމެ މީހަކާ ގުޅާލާ ވާހަކަ ދެއްކި ނަމަވެސް ބުނަނީ އެއް ވާހަކަ އެކެވެ. އެއީ މިވަރުގެ ގަތުލެއް ހިންގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހަމަލާ ހަމަ ސީދާ މަރާލަން

މާޅޮހު މާހިޔާގޭގައި, ރޭ އެ ގަތުލު ހިންގީ ދަންވަރުގެ އެންމެ ހަމަ ހިމޭން ވަގުތު އެވެ. އަބްދުއްރަހްމާން ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮއްވާ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އޭރު އަބްދުއްރަހްމާން މަރެއް ނުވެ އެވެ. ނަމަވެސް ފުން ޒަހަމުތަކާ އެކު އޭނާގެ ހޭވެރިކަން ވަނީ ގެއްލިފަ އެވެ.

ނާޒިމާއާ ހަވާލާދީ އެ ރަށު މީހުން ބުނި ގޮތުގައި އަބްދުއްރަހްމާނަށް ހަމަލާ ދިނީ އެންމެ މީހަކު އެގެއަށް ވަދެގެން ކަމަށް ބެލެވެ އެވެ. އެ މީހާ އެގެއަށް ވަދެ އެކަމެއް ކުރުމަށް ފަހު ބާރަށް ދުވެފައި ދިޔަ ފިޔަވަޅުތައް ފާހަގަވާން އެބަ ހުއްޓެވެ.

އަބްދުއްރަހްމާނަށް ދީފައިވާ ހަމަލާތަކުން އެއީ ސީދާ އޭނާ މަރާލަން ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވެ އެވެ. މަރުވާނެ ކަން ޔަގީން ކުރެވޭ މިންވަރަށް ހަމަލާ ދީފައިވެ އެވެ. ހާއްސަކޮށް ބޮލަށެވެ. ބޮލުގެ ބައެއް ވަކިވާ ވަރަށް އޮތީ ފުން ޒަހަމުތައް ކޮށްފަ އެވެ.

"ހަމަ ސީދާ މަރާލަން ދީފައިވާ ހަމަލާއެއް. އެވަރު ކޮށްލާފައި އޮތް. އިންސާނަކަށް މީހަކު އަނިޔާކުރާނީ ދެން އެވަަރަކަށް," އަބްދުއްރަހްމާންގެ ހަށިގަނޑު މަރުކަޒަށް ގެންދިޔައިރު އެންމެ ފުރަތަމަ މަރުޒަކަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ވޮއިސްއަށް ބުންޏެވެ.

ތަފާތު ވާހަކައެއް, އެކަމަކު މިވަރު ކީއްވެ؟

އަބްދުއްރަހްމާންބެގެ މަރާ ގުޅިގެން ރަށުގައި ދެކެވޭ އެއް ވާހަކަ އަކީ ސިހުރު ހަދާ ކަމަށް ކުރެވޭ ތުހުމަތެވެ. އެކަމަކު ސިހުރުގެ އެ ތުހުމަތު, އަބްދުއްރަހްމާން އެފަދަ ގޮތަކަށް މަރާލަން ޖެހޭ ސަބަބަށް މާޅޮހުގައި ބޮޑުވެފައެއް ނެތެވެ.

އެ ރަށުގެ އެއް ބަޔަކު ދެކޭ ގޮތުގައި އަބްދުއްރަހްމާންގެ ކިބައިން އެފަދަ ކަމެއް ދުވަހަކުވެސް ފާހަގަ ވެފައެއް ނެތެވެ. އެކަމަކު އޭނާގެ މައްޗަށް ބަޔަކު އެފަދަ ތުހުމަތެއް ކުރާކަމަށް ބައެއް މީހުން ބުނެ އެވެ.

"މިސާލަކަށް ސިހުރު ހަދާ ކަމުގެ ތުހުމަތު އޮތީ ޔޯ އަބްދުއްރަހްމާންގެ މައްޗަށް. އެ ވާހަކަ ގަބޫލުކުރާ ބަޔަކު އުޅެފާނެ މި ރަށުގައި. އެކަމަކު އެފަދަ ޖަރީމާއެއް އަނިޔާއެއް މީހަކަށް ދޭން ކެރޭވަރު ކާކުތޯ މި ރަށުގައި ހުރީ އެއީ އަޅުގަނޑު ހިތުގައި އޮތް ސުވާލަކީ. މިވަރުގެ ކަމެއް ކުރަން ޖެހޭވަރުގެ ނަފްރަތެއް ހަގީގަތުގައި ނެތް އޭނާގެ މައްޗަކަށް," މާޅޮހުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ސިހުރު ހަދާކަން ޔަގީން ކުރެވޭ މީހެއް ނަމަ އެ މީހަކާ މެދު އޭނާ ދިރިއުޅޭ މުޖްތަމައުއެއްގައި ބޮޑު ނަފްރަތެއް އޮވެ އެވެ. އެކަމަކު މާޅޮހު މީހުން ބުނާ ގޮތުން އަބްދުއްރަހްމާނާ މެދު އެފަދަ ކަމެއް ނެތެވެ.

ހަށިގަނޑު މާލެ ގެންނަނީ, ޕޯސްޓްމޯޓަމް ހަދާނެ

އަބްދުއްރަހްމާންގެ މަރާއި ގުޅިގެން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ވަނީ ވަގުތުން އެ ރަށަށް ގޮސްފަ އެވެ. އަދި ތަހުގީގުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި އިތުރު ތަހުލީލަށް އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕޯސްޓްމޯޓަމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް ވެސް ވަނީ ހަަމަޖެހިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އިރާކްއަށް ނިސްބަތްވާ 19 އަހަރުގެ އަބްދުﷲ ޝައުނުއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
31 Oct 2026 ހަބަރު

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

ތުލުސްދޫ ކައިރިން ދަތުރުކުރި ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
28 Oct 2026 ހަބަރު

ތުލުސްދޫ ކައިރިން ދަތުރުކުރި ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:55 ހާއިރުކަމަށެވެ. އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.