ކާސްތްރޯލްގެ އުފެއްދުމެއް.. ފޮޓޯ: އެމްޓީސީސީ
ކާސްތްރޯލްގެ އުފެއްދުމެއް.. ފޮޓޯ: އެމްޓީސީސީ
ވިޔަފާރި 12 May 2025 | 06:55

ރާއްޖޭގައި ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ ކަމަށާއި، ކަސްޓަމަރުންނަށް އޮޅޭފަދަ ގޮތަށް އެއްވެސް ފަރާތަކުން ކާސްޓްރޯލް އެތެރެކޮށް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.

ސޯލް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ކާސްޓްރޯލްގެ ބައެއް އުފެއްދުންތައް ވިއްކުމުގެ ހުއްދައޮތްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އެ ބްރޭންޑްގެ ބައެއް އެއްޗެހި ވިއްކަމުންނެވެ. މިކަމާ ގުޅޭގޮތުން އެމްޓީސީސީން ބުނީ ކާސްޓްރޯލް ސިންގަޕޫރު ކުންފުންޏާއި އެކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްޓީސީސީއަކީ ކާސްޓްރޯލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު ކަމަށެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް އޮޅޭފަދައިން ކާސްޓްރޯލް އެތެރެކޮށް ވިއްކާކަމުގެ ދޮގު މައުލޫމާތު އެއްވެސް ފަރާތަކުން ނުފެތުރުމަށް އެދޭކަމަށެވެ. އަދި މިފަދަ ކަންކަމަކީ ވިޔަފާރީގެ ރޫހާވެސް ހިލާފް ކަމެއް ކަމަށާއި، މިފަދަ އަމަލެއް ކުރިކަން އެކުންފުންޏަށް އެނގިއްޖެނަމަ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅައި އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެފަދަ ކުންފުންޏަކާ ދެކޮޅަށް އަޅާނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކާސްޓްރޯލަކީ ވަރަށްގިނަ އޮޑިވެރިންގެ އިތުބާރު ލިބިފައިވާ އަޑީތެލެކެވެ. އެމްޓީސީސީން ކާސްޓްރޯލް ވިއްކާތާ ވަރަށްގިަނ އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

އެމްޓީސީސީން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026 ހަބަރު

އެމްޓީސީސީން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހއ ދިއްދޫގައި ތަރައްޤީކުރި ވޮލީކޯޓް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. މިކަމަށްޓަކައި ބެއްވި ރަސްމިއްޔާތުގައި އެމްޓީސީސީން ހެދި އެ ދަނޑު ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ޔޫ...

ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
11 Oct 2026 ހަބަރު

ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ

މާލޭގެ ބޮޑުތަކުރުފާނުމަގު އަލުން ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ ތެރެއިން އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ވިއުގައިގެ ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން މ...

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
06 Oct 2026 ހަބަރު

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭގެ އުތުރު ފަރާތު ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ޖުމްލަ ހަ ފިންގަރ ޖެޓީ ބެހެއްޓުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަނ...

ބޮޑުތަކުރުފާނު މަގު ހެދުމަށް ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލް އާ ހަމައަށް މަސައްކަތް ފަށަނީ
30 Sep 2026 ހަބަރު

ބޮޑުތަކުރުފާނު މަގު ހެދުމަށް ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލް އާ ހަމައަށް މަސައްކަތް ފަށަނީ

މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އޮންނަ ސަރަޙައްދުގެ ޢަމަލީ މަސައްކަތް ފެށުމަށް ...

އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓު އާދިއްތަ ދުވަހު ހުޅުވަނީ
30 Sep 2026 ހަބަރު

އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓު އާދިއްތަ ދުވަހު ހުޅުވަނީ

އަމީނީ މަގުގައި އަލުން ތާރު އެޅުމަށްފަހު ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ބައި އަންނަ އާދިއްތަ ދުވަހު ޢާންމު ދަތުރުފަތުރަށް ހުޅުވައިލުމަށް ނިންމައިފިއެވެ. ހައުސިން ...