ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މާލޭގެ ބޮޑުތަކުރުފާނުމަގު އަލުން ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ ތެރެއިން އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ވިއުގައިގެ ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. މީގެ އިތުރުން ލީން ވޯކްސް އާއި ކޭބަލް ޓްރެންޗް ކޮނުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށުމަށް ވަނީ ރާވައިފަ އެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓް
ކެޗްޕިޓް ބެހެއްޓުމާ އެކީ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަރުހަލާ އަންނަ ހަފުތާގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި ޖުމްހޫރީ މައިދާނުން ފެށިގެން މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ކުރީން ވަނީ ނިންމައިފަ އެވެ.
ދެވަނަ ފިޔަވަހީގައި ހެންވޭރު ފެރީ ޓާމިނަލުން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި މަގު ފުޅާކޮށްފައިވާ އިރު، މިހާރު ކުރިއަށްދާ ތިންވަނަ ފިޔަވަހީގައި ވެސްޓް ޕާކުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރާ ދެމެދު މަގު ތަރައްގީކޮށް ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް