އަލީ އަޝްފާގް ގައުމީ ޓީމަށް ކުޅެނީ...
އަލީ އަޝްފާގް ގައުމީ ޓީމަށް ކުޅެނީ...
ކުޅިވަރު 27 Aug 2024 | 05:18

ކުޅިވަރުގައި ދިވެހިންގެ އެންމެ ބޮޑު ފަޚްރަކީ އަޝްފާގް!

ބައިނަލް އަގުވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހިން ވަނީ ފަޚްރުވެރި އެތަކެއް ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެތެރޭގައި ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ހިމެނެއެވެ. އޭގެތެރޭގައި ފުޓްބޯޅަ، ބޯޑީބިލްޑިން، ކެރަމް އަދި ސާފިންގެ އިތުރުން ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި އެތްލެޓިކްސްގައި ވެސް ދިވެހި އެތްލީޓުން ވަނީ ގައުމު ފަޚުރުވެރިކޮށްދީފައެވެ.

ނަމަވެސް މިހާތަނަށް ކުޅިވަރުގެ މައިދާނުގައި ދިވެހިންނަށް އެންމެ ބޮޑު އުފަލެއް ނުވަތަ ޝަރަފެއް ހޯދައިދިނީ އަލީ އަޝްފާގުއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ.

ދިވެހިގެ މެދުގައި އެންމެ މަގުބޫލް ކުޅިވަރު ފުޓްބޯޅަ އިން އަޝްފާގު ހޯދާފައިވާ ކާމިޔާބުތަކަކީ މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެކެވެ. އޭގެ ތެރޭގައި، މިގަރުނު އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނާގައި މެސީ އާއި ރޮނާލްޑޯގެ ފަހަތުން ހިމެނުމަކީ މިކާމިޔާބީތަކަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

މީގެ އިތުރުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި އަޝްފާގް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 2012 ވަނަ އަހަރު އީއެސްޕީއެން އިން ހޮވި އެންމެ އުންމީދީ ޒުވާން 10 ކުޅުންތެރިންގެ ތެރޭގައި ހިމެނުމާއި، މެލޭޝިއާ ސުޕަރ ލީގުގައި އާޖެންޓީނަގެ ކުރީގެ ތަރި ޕައުލޯ އައިމާ ކުޅެމުންދަނިކޮށް 2014 ވަނަ އަހަރުގެ މެލޭޝިއާ ލީގު ބެސްޓް ފޮރިން ޕްލޭޔަރ ގެ މަގާމު ހޯދުން ހިމެނެއެވެ.

މީގެ އިތުރުން ގައުމީ ޓީމަށް ހަ ހެޓްރިކް ކާމިޔާބުކޮށްދީފައިވާއިރު، އޭގެ ތެރޭގައި 2013 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގައި، ސްރީލަންކާ ކޮޅަށް ކާމިޔާބުކުރި ހަ ލަނޑަކީ ސަރަހައްދީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް އެއްމެޗެއްގައި، (އޭޝިއާއަށް ނިސްބަތްވާ ކުޅުންތެރިއަކު) އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑެވެ. މީގެ އިތުރުން 2013 ވަނަ އަހަރު އިންޑޮނޭޝިއާގައި އެގައުމުގެ ޕާސިބޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ފަސް ލަނޑާއެކު އޭއެފްސީ ކަޕްގެ ތާރީޚްގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ވެސް އޮތީ އަޝްފާގް އަތުގައެވެ.

އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ކުލަބު ވެލެންސިއާ އިން ފުޓްބޯޅަ ކެރިއަރުފެށި އަޝްފާގް ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު މެޗަކީ 2003 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގ މޮންގޯލިއާއި ދެކޮޅަށް ކުޅުނު މެޗެވެ. އަދި އެމެޗުގައި އަޝްފާގު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް 98 މެޗުކުޅެ 58 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން ކުލަބު ކެރިއަރުގައި މިހާތަނަށް 457 މެޗު ކުޅެ 409 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އަޝްފާގްގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ފަސް ފަހަރު ހޯދާފައިވާއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުބްތެރިއާއަށް ދޭ ރަން ބޫޓް ހަތް ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...