އަޓޭޓާ... ފޮޓޯ: އޭޕީ
އަޓޭޓާ... ފޮޓޯ: އޭޕީ
ކުޅިވަރު 10 Sep 2026 | 18:21

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއާއެކު ހަދާ އައު އެއްބަސްވުން ފައިނަލްކުރުމުގެ މަސައްކަތް އެ ކްލަބުން ފަށައިފިއެވެ.

ޓްރާންސްފާ މާކެޓް ބަންދުވުމާއެކު، އާސެނަލުން މިހާރު އެންމެ އިސްކަމެއް ދެނީ ކޯޗުގެ މުސްތަޤްބަލް ކަށަވަރުކުރުމަށެވެ.

މައުލޫމާތު ލިބޭގޮތުގައި، އާޓެޓާ އައު އެއްބަސްވުމެއްގައި ސޮއިކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ކްލަބަށް އޮތްއިރު، ދެ ފަރާތުގެ މެދުގައި ކުރެވޭ މަޝްވަރާތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ. އާސެނަލްގެ ޗީފް އެގްޒެކެޓިވް ރިޗަޑް ގާލިކް ވިދާޅުވީ، އާޓެޓާގެ އައު ދިގު މުއްދަތުގެ އެއްބަސްވުން އިޢުލާންކުރުމަކީ މިހާރު ހަމައެކަނި ވަގުތުގެ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އާޓެޓާ ބުނީ، އޭނާ ހުރީ ކްލަބުގައި ވަރަށް އުފަލުން ކަމަށާއި، ކްލަބުގައި މަޑުކުރުމަކީ އޭނާގެ އަމިއްލަ އިޚްތިޔާރެއް ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ކަންކަން ހަމަޖެހުމުގައި އެއްވެސް ހުރަހެއް ނެތްކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ. މިހާރުގެ އެއްބަސްވުމުގެ ދަށުން އަހަރަކު 10 މިލިއަން ޕައުންޑް އޭނާއަށް ލިބޭއިރު، އައު އެއްބަސްވުމުގައި މިއަށްވުރެ ބޮޑު މުސާރައެއް ދިނުމަށް އާސެނަލުން ވަނީ އެއްބަސްވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.