ދިވެހި ހާޖީންގެ އިސް ޝެއިހަކަށް މުތީއު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި އަހަރު ދިވެހި ހައްޖުވެރިންގެ އިސް ޝައިޚަކަށް ވަޑައިގަންނަވާނީ، ޝައިހް މުޠީޢު އިސްމާޢީލް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ދިވެހި ހާޖީންގެ އިސް ޝެއިހަކަށް ވަޑައިގަންނަވާނެ ބޭފުޅަކު ކޮންމެ އަހަރަކު ކަނޑައަޅަ އެވެ. އަދި ދިވެހި ހާޖީންގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަންނަވާނެ ވަޒީރަކު ވެސް ކަނޑައަޅަ އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ މި އަހަރު ދިވެހި ހައްޖުވެރިންގެ އިސް ޝައިޚަކަށް ވަޑައިގަންނަވާނީ، ޝައިހް މުޠީޢު އިސްމާޢީލް ހަމަޖައްސަވާފައިވާ ކަމަށެވެ. އޭނާ ހުންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބުގެ މަގާމުގަ އެވެ.
ޝެއިހް މުތީއު އަކީ ސައުދީގެ ގަސީމް ޔުނިވާސިޓީން ތައުލީމް ހާަސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް