ބަލޭބާ
ބަލޭބާ
ކުޅިވަރު 22 Aug 2026 | 06:33

މެންޗެސްޓަރ ޔުނައިޓެޑުން 70 މިލިއަން ޕައުންޑަށް ބަލޭބާ ގެންނަނީ

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން ބްރައިޓަންގެ މެދުތެރެއަށް ކުޅެމުން އަންނަ ކާލޮސް ބަލެބާ، 70 މިލިއަން ޕައުންޑުގެ އަގަކަށް ގެނައުމަށް އެއްބަސްވެއްޖެއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ބްރައިޓެން އާއި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ބަލެބާ ގެނައުމުގެ އެންމެހާ ކަންކަމަށް އެއްބަސްވެ ނިމިފައެވެ.

މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ މަރުހަލާގައި 65 މިލިއަން ޕައުންޑް ދައްކާ އިރު އިތުރު ފަސް މިލިއަން ޕައުންޑް ވަކި ޝަރުތުތަކެއް ހަމަވުމުން ދައްކަންޖެހެއެވެ. ހަމައެހެންމެ ކުރިއަށް އޮތް ތަނުގައި ބަލެބާ ވިއްކާލައިފި ނަމަ އެ ފީން ބައެއް ބްރައިޓަނަށް ލިބޭ ގޮތަށް ވެސް ދެ ކްލަބުން ވަނީ ހަމަޖައްސައިފައެވެ. ޢުމުރުން 22 އަހަރުގެ މި ކުޅުންތެރިޔާ މި ހަފުތާ ބަންދުގައި އޯލްޑް ޓްރެފޯޑަށް ގޮސް މެޑިކަލް ޓެސްޓްތައް ހަދާނެއެވެ.

ޔުނައިޓެޑުން މެދުތެރެ ވަރުގަދަކުރުމަށް ނިންމީ ތަޖުރިބާކާރު ބްރެޒިލް ކުޅުންތެރިޔާ ކަސެމީރޯގެ ކޮންޓެކްޓް ހަމަވެ ކްލަބާ ވަކިވުމާ ގުޅިގެންނެވެ. އެ ކްލަބުން މީގެ ކުރިން ޗެލްސީގެ އެންޑްރޭ ސެންޓޮސް އާއި އެސްޓަން ވިލާގެ ޔޫރީ ޓީލެމެންސް ވެސް ވަނީ ގެނެސްފައެވެ. މި ޑީލް ފުރިހަމަ ވެއްޖެ ނަމަ ޔުނައިޓެޑުގެ މި ހޫނު މޫސުމުގެ ޖުމުލަ ޚަރަދު 153 މިލިއަން ޕައުންޑަށް އަރާނެއެވެ.

ފްރާންސްގެ ލިލް ދޫކޮށް ބަލޭބާ ބްރައިޓަން އާ ގުޅުނީ 2023 ވަނަ އަހަރެވެ. އޮސްޓްރިއާގައި ކުރިޔަށް ގެންދިޔަ ޕްރީ ސީޒަން ތަމްރީނުތެރޭ ކުރިމަތިވި ކަކުލު ހުޅުގެ އަނިޔާއެއްގެ ސަބަބުން ބަލޭބާ މިވަގުތު ހުރީ ކުޅުމާ ދުރުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ޕްރިމިއާ ލީގު ސީޒަން ހުޅުވާ މެޗުގައި މިއަދު ނިކުންނާނީ އަލަށް ޕްރޮމޯޓްވި ހަލް ސިޓީއާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.