N/A
N/A
ހަބަރު 17 Nov 2018 | 11:48

އިދިކޮޅު މަސައްކަތުގެ ބިންގާ އަޅައިދިނީ އަޅުގަނޑު: ނާާޒިމް

އިދިކޮޅު އިއްތިހާދުގެ ސިޔާސީ މަސައްކަތްތަކުގެ ބިންގާ އަޅުއްވައިދެއްވީ އެބޭފުޅާކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތުގައި ހުންނެވުމަށްފަހު، ރާއްޖެއަށް މިއަދު ވަޑައިގެން އެއަރޕޯޓްގެ ވީއައިޕީ ލޯންޖްގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، އިދިކޮޅު ހަރަކާތްތަކުގެ ފެށުމަކީ  އަހުމަދު ފާރިސް މައުމޫން އާއި އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމެއް ކަމަށާއި، އެ ބައްދަލުވުން އިންތިޒާމްކުރެއްވީ އެބޭފުޅާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އެބޭފުޅާ ކަމަށާއި ހަމަ އެބީދައިން ވެރިކަން ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއްވެސް އަދާކުރެއްވީ ހަމަ އެބޭފުޅާ ކަމަށެވެ.

25 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ނާޒިމް އަނބުރާ ރާއްޖެއަށް ވަޑައިގެންނެވީ، އެމަނިކުފާނަށް އިއްވާފައިވާ ޖަލުހުކުމް މުރާޖައާކޮށް ނިމެންދެން ވަގުތީ ގޮތުން ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި ގުޅިގެންނެވެ. ނާޒިމްއަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.