ޕީއެސްޖީ އާއި ބެޔާން ބައްދަލުކުރިމެޗްފެ ތެރެއިން.. ފޮޓޯ: ޕީއެސްޖީ
ޕީއެސްޖީ އާއި ބެޔާން ބައްދަލުކުރިމެޗްފެ ތެރެއިން.. ފޮޓޯ: ޕީއެސްޖީ
ކުޅިވަރު 07 May 2026 | 02:02

ބެޔާން މިއުނިކް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސްލީގް ފައިނަލަށް

ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް ބަލިކޮށް ފްރާންސްގެ ޕީއެސްޖީ، ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލަށް ދަތުރުކޮށްފިއެވެ.

ޗެމްޕިއަންސްލީގް ފައިނަލުގެ ފަހު ޖާގަ، ޕީއެސްޖީން ކަށަވަރުކޮށްފައިވަނީ، ރޭ ސެމީފައިނަލުގެ ދެވަނަ ލެގްގައި ކުޅުނުމެޗް 1-1 ގެ ނަތީޖާއިން އެއްވަރުވިނަމަވެސް ދެ މެޗްގެ އެގްރިގޭޓް ނަތީޖާއިން ޕީއެސްޖީ ކުރިހޯދައިގެންނެވެ. ފުރަތަމަ ލެގްގައި ޕެރިހުގައި މި ދެޓީމް ކުޅުނު މެޗް ޕީއެސްޖީ ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗް ފަށައިގެން ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ތިން ވަނަ މިނެޓް ތެރޭގައި އޮސްމާން ޑެމްބެލޭ އެވެ. މެޗްގައި ގިނަ އަދަދެއްގެ ރީނދޫ ކާޑު ވަނީ ފެނިގެންގޮސްފައެވެ. މެޗްގައި ދެ ޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދާފައެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޕީ.އެސް.ޖީ އިން ވަނީ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވަކިން ހާއްސަކޮށް ޑެސިރޭ ޑޫއޭ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ

ބެޔާނުން އެއްވަރުކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ހަރީ ކޭންއެވެ. ފަހު ހާފްގައި ބެޔާނުން ވަނީ ކުޅުން ރަނަގޅުކޮށް ހަމަލާތައްވެސް ފަރުގަދަކޮށްފައެވެ. ނަމަވެސް މެޗް ނިމުނީ އެކެއް އެކެއްގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ.

މުބާރާތުގެ ފައިނަލުގައި ޕީއެސްޖީ ނިކުންނާނީ އިނގިރޭސިވިލާތުގެ އާސެނަލާ ދެކޮޅަށެވެ. ޗެމްޕިއަންސްލީގް ފައިނަލް މެޗް އޮންނާނީ  އަންނަ މެއި މަހުގެ 30 ވާ ހޮނިހިރު ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.