މޯދީ ރާއްޖެ ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެ ވަޑައިގެންނެވުމަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގެންފިއެވެ.
މޯދީ ރާއްޖެއަށް ވަޑައިގެންނެވި އެއަރ އިންޑިޔާގެ މަތިންދާބޯޓު މިހާރު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައެވެ.
މޯދީއަށް އިސްތިގްބާލް ކުރެއްވުމަށް ދިވެހި ދައުލަތުގެ ފަރާތުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނޮރަބަލް ގާސީމް އިބްރާހިމްއެވެ. އިރުކޮޅެއްގެ ތެރޭގައި މާލެއަށް ވަޑައިގަތުމަށް މޯދީ ހުޅުލެއިން ފުރާ ވަޑައިގަންނަވާނެއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެލައްވަނީ، ބޭރު ދުނިޔޭގެ އެންމެ އިސް މެހެމާނުގެ ގޮތުގައެވެ.
މި ދަތުރުފުޅުގެ ޒަރިއްޔާއިން ދެގައުމުގެ މެދުގަައި ޒަމާންވީ ގުޅުންތައް އަލުން ބަދަހިކޮށް، އެކި ދާއިރާތައް ކުރިއަރުވަން މަސައްކަތްކުރައްވާނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. މިއީ މަގާމާއި ހަވާލުވެ ވަޑައިގަތްފަހުން މޯދީ ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް