އަލް އިއްތިހާދު އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިިން
އަލް އިއްތިހާދު އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 05 Mar 2024 | 22:13

އަމިއްލަ ދަނޑުގައި އިއްތިހާދު ބަލިކޮށް އަލް ހިލާލުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

އޭއެފްސީ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މިދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އަލް ހިލާލް މޮޅުވެފައި ވާއިރު، މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް ހިލާލުން ނެވެ. އަދި މިހާފުގައި އަލް ހިލާލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 40 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ސާބިއާގެ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ.

އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް އިއްތިހާދަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފަހުހާފުގެ 66 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު އެންގޯލޯ ކަންޓޭ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ނަމަވެސް މެޗުގެ ފަހު 10 މިނެޓު ތެރޭގައި އަލް އިއްތިހާދުން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އަލް އިއްތިހާދުގެ ދަނޑުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލަބް ވޯލްޑްކަޕް: ފަހަތުން އަރައި އަލް ހިލާލް އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި
01 Jul 2025 ކުޅިވަރު

ކުލަބް ވޯލްޑްކަޕް: ފަހަތުން އަރައި އަލް ހިލާލް އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ހެނދުނު ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަތުން 4-3 ގެ ނަތީޖާއަކުން ބަލިވެ ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓ...

އަލް އިއްތިފާގު އަތުން މޮޅުވެ އަލް އިއްތިހާދުން 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި
22 Apr 2025 ކުޅިވަރު

އަލް އިއްތިފާގު އަތުން މޮޅުވެ އަލް އިއްތިހާދުން 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އަލް އިއްތިފާގު ބަލިކޮށް އަލް އިއްތިހާދުން ލީގު ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ. ލީގުގައި އަލް ...

ސައުދީ ސުޕަކަޕް: ދެވަނަ ހާފުގައި ކާމިޔާބުކުރި ހަތަރު ލަނޑާއެކު، އަލް ހިލާލުން ތަށި ދިފާއުކޮށްފި
17 Aug 2024 ކުޅިވަރު

ސައުދީ ސުޕަކަޕް: ދެވަނަ ހާފުގައި ކާމިޔާބުކުރި ހަތަރު ލަނޑާއެކު، އަލް ހިލާލުން ތަށި ދިފާއުކޮށްފި

ސައުދީ ސުޕަކަޕް ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ އަލް ނަސްރުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެންޕިއަން އަލް ހިލާލުން ތަށި ދިފާއ...

އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަމިލާން ބަލިކޮށްފި
07 Aug 2024 ކުޅިވަރު

އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަމިލާން ބަލިކޮށްފި

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަ މިލާން 2-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ. އިޓަލީގ...

ފަހުވަގުތު އަލް ހިލާލް ބަލިނުވެ ސަލާމަތްކޮށްދިނީ މިޓްރޮވިޗު
17 May 2024 ކުޅިވަރު

ފަހުވަގުތު އަލް ހިލާލް ބަލިނުވެ ސަލާމަތްކޮށްދިނީ މިޓްރޮވިޗު

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ނަސްރާއި ދެކޮޅަށް އަލް ހިލާލުން ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުން ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެޓީމު އ...

އަލް ހިލާލުން ސައުދީ ލީގު ޗެންޕިއަންކަން 19 ވަނަ ފަހަރަށް ހޯދައިފި
11 May 2024 ކުޅިވަރު

އަލް ހިލާލުން ސައުދީ ލީގު ޗެންޕިއަންކަން 19 ވަނަ ފަހަރަށް ހޯދައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީގު ތާވަލުގެ ފުލުގައި އޮތް އަލް ހަޒެމް އަތުން 4-1 ގެ ނަތީޖާއަކުން މޮލުވެ، ބާކީ ތިން މެޗު އޮއްވައި އަލް ހިލާލުން ލީގު ޗެންޕިއަންކަނ...