މެސީގެ ދެ ލަނޑާއެކު އާޖެންޓީނާ، ނޮކްއައުޓް ބުރަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވަރލްޑްކަޕްގައި މިރޭ އޮސްޓްރިއާ އާއި އާޖެންޓީނާ ބައްދަލުކުރިމެޗް އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.
ޑަލަސްގައި ކުޅުނު މިމެޗް އާޖެންޓީނާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ދެމެދުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ތަރިއަކަށްވީ އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. މިމެޗްގެ ވަރަށް ކުރީކޮޅު އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް މެސީ ޖެހި ޕެނަލްޓީ ދިޔައީ އެއްފަރާތު ދަނޑު ކައިިންނެވެ.
މެޗްގައި މެސިގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑު ޖަހާފައިވަނީ، 38 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ ފަހުހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ.
މިމެޗްގައި މޮޅަށްކުރެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާޖެންޓީނާއެވެ. މި މެޗްގައި އޮސްޓްރިއާއަށްވެސް ވަނީ ނަތީޖާ ބަދަލުކޮށްލާގެ ފުރުސަތުތައް ލިބިގެންގޮސްފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް އާޖެންޓީނާގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އާޖެންޓީނާގެ އިތުރުން މި ގްރޫޕްގައި ނޮކްއައުޓް ބުރުގެ ޖާގައެއް ހީދުމުގެ ފުރުސަތު ދެން އެންމެ ބޮޑީ އޮސްޓްރިއާއަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް