N/A
N/A
ހަބަރު 14 Nov 2018 | 15:55

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއުން ބްލަޑް ކޭމްޕެއް ބާއްވަައިފި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގައި ބްލަޑް ކޭމްޕެއް ބާއްވައިފިއެވެ. ސީއެސްޓީއައިގެ ދަރިވަރުން އިސްނަގައިގެން ބޭއްވި މި ބްލަޑް ކޭމްޕްގައި 40 އަށްވުރެ ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްފައިވެއެވެ. މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 އަށް ކުރިޔަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ މިހަރަކާތަކީ މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

ލޭ ހަދިޔާކުރުމުގެ އިތުރުން މިއަދަކީ ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރެވޭ ދުނިޔޭގެ ހަކުރުބަލީގެ ދުވަސްކަމަށްވުމާއެކު މި ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރުބައްޔާބެހޭ މައުލޫމާތު ދިނުންވެސް ސީއެސްޓީއައިގައި ކުރިޔަށްދިޔައެވެ. ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ހަކުރު ބައްޔާބެހޭ މައުލޫމާތު މި އިވެންޓްގައި ދެއްވީ ދަމަނަވެށީގެ ފަރާތުންނެވެ.

ލޭ ހަދިޔާކުރުމުގެ މި ހަރަކާތް ނިންމުމުގެ ގޮތުން މިއަދު މެންދުރުފަހު ސީއެސްޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ 2018 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެމޮޅު ދުވުންތެރިޔާ، އެމްއެންޑީއެފްގެ ކޯޕްރަލް ހުޞައިން ފަޒީލު ހާރޫންއެވެ. މި ރަސްމިއްޔާތުގައި ފަޒީލު ދެއްކެވި ވާހަކައިގައި ލޭހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު މި ރަސްމިއްޔާތުގައި ދެއްކެވި ވަހަކަފުޅުގައި، މަސައްކަތުގެ މާހައުލުގައިވެސް ކާމިޔާބާއެކު ކުރިޔަށް ދިއުމުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން އެ މަރުކަޒުގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. މުޙައްމަދު އުމަރު ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރުމަށް ބާއްވާ މިފަދަ ކޭމްޕަތައް ފަދަ ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ މީހުން ލޭ ހަދިޔާކުރަމުންދިޔަ ނަމަވެސް އެ ސަރވިސަސްއަށް ބޭނުންވާ މިންވަރަށް ލޭ ދާއިމީގޮތެއްގައި ލިބެމުން ނުދާކަން ފާހަގަކުރެއްވިއެވެ.

މުޙައްމަދު އުމަރު ވިދާޅުވީ ލޭ ދޭ ފަރާތްތަކުން ކޮންމެ ތިންމަހުން ތިންމަހުން ގަވާއިދުން ލޭ ދެއްވަމުން ގެންދަވާނަމަ އެ ސަރވިސަސްއަށް ބޭނުންވާ މިންވަރަށް ލޭ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެންކަމުން ލޭ ދެއްވާ ފަރާތްތަކުން މިފަދަ ކޭމްޕަތައް ބާއްވަންދެން ލޭ ދެއްވަން މަޑުނުކުރައްވާ އެސަރވިސަސްއަށް ވަޑައިގެން ގަވާއިދުން ލޭ ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ މަރުކަޒުގައި ހުކުރުދުވަސް ނޫން ކޮންމެދުވަހަކުވެސް ލޭ ނެގުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނާނެކަމަށްވެސް މުހައްމަދު އުމަރު ވިދާޅުވިއެވެ.

ސީއެސްޓީއައިގެ ދަރިވަރުންގެ އިސްނެގުމާއެކު ކޮންމެ އަހަރަކު ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިހަރަކާތް ބޭއްވި މިއީ ދެވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...