ޕާކިސްތާނުގައި ދެވުނު ބޮމުގެ ހަމަލާއަށްފަހު: ފޮޓޯ/ އަލްޖަޒީރާ
ޕާކިސްތާނުގައި ދެވުނު ބޮމުގެ ހަމަލާއަށްފަހު: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 24 Nov 2025 | 07:50

ޕާކިސްތާނުގެ ޕިޝާވަރުގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއް؛ 6 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޕާކިސްތާނުގެ ޕިޝާވަރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލެއްގައި ހަ މީހުން މަރުވެއްޖެއެވެ.

މި ހަމަލާދީފައިވަނީ، ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ ޕެރަމިލިޓަރީ ފައުޖުގެ މައި މަރުކަޒަށް އަމާޒުކޮށެވެ. އެ ސަރަހައްދަކީ މީހުން ބައިބޯ ސަރަހައްދެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަދު ހެނދުނު ދެވުނު މި ޖާނުންފިދާވުމުގެ ހަމަލާގައިސަލާމަތީ ބާރުގެ ތިން މީހުން މަރުވެފައިވާއިރު، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާދިން ހަނގުރާމަވެރިންގެ ތެރެއިން އެކަކު ވަނީ އެ އިމާރާތުގެ ގޭޓު ކައިރީގައި ހުރެ އޭނާގެ ހަށިގަނޑުގައި ބަދެފައި ހުރި ގޮވާތަކެތި ގޮއްވާލާފައެވެ. އަނެއް ދެ މީހުން މަސައްކަތްކުރީ އިމާރާތުގެ އެތެރެއަށް ވަނުމަށެވެ. ނަމަވެސް އެފްސީގެ ސިފައިން ދިން ހަމަލާތަކުގައި އެ ދެ މީހުން މަރާލެވުނު ކަމަށް އެ ނޫހުން ބުނެއެވެ.

”ފުރަތަމަ އެ ތިން ހަނގުރާމަވެރިން މަސައްކަތްކުރީ މައި މަރުކަޒަށް ހަމަލާދޭން. އެގޮތުން އެކަކު ގޭޓު ކައިރިން އަމިއްލަ ގައިގައި ހުރި ބޮންތައް ގޮއްވާލީ، އަނެއް ދެ މީހުން އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އެފްސީގެ ސިފައިން އެމީހުން މަރާލީ."ޕިޝާވަރު ކެޕިޓަލް ސިޓީގެ ފުލުހުންގެ އޮފިސަރު މިއާން ސައީދު އަހުމަދު ދަ ޑޯން ނޫހަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.

މި ހަމަލާގައި މަރުވި ތިން އޮފިސަރުން ތިބީ ގޭޓު ކައިރީގައެވެ.

މި ހަމަލާ ދިން އިރު، ގިނަ އަދަދެއްގެ ސަލާމަތީ ބާރުގެ މުވައްޒަފުން ހެނދުނުގެ ޕެރޭޑް ހަރަކާތްތަކަށް މަރުކަޒުގެ ހާމަ ބިމެއްގައި އެއްވެ ތިބި ކަމަށް ޕިޝާވަރު ފުލުހުންގެ ޗީފް ސައީދު އަހުމަދު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
10 Oct 2026 ދުނިޔެ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފ...

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
26 Sep 2026 ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވި...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
23 Sep 2026 ހަބަރު

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިންސް (ޕީއައިއޭ) އިން އެ ކުންފުންޏަށް އާ މަތިންދާބޯޓުތައް ހޯދައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ ...