ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ދަތުރުފުޅު ފައްޓަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު، މިއަދު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާާނުގެ ދަތުރުފުޅު ފައްޓަވައިފިއެވެ.
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓް ޔޫއެލް 115އިން އެމަނިކުފާނު ވަޑައިގަންނަވާ އިރު، އަރިހުގައި އަނބިކަނބަލުން ލައިލާ އަލީ އަދި ސްރީލަންކާގައި އަރުވާލެވިގެން ތިއްބެވި ގިނަ ފަރާތްތަކެއް ރާއްޖެ ވަޑައިގަންނަވާނެއެވެ.
މިވަގުތު އެ އެންމެހާ ބޭފުޅުން ތިބީ ރާއްޖެ ވަޑައިގަތުމަށް، ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ. ރާއްޖެ ގަޑިން މެންދުރު 2:20 ހާއިރު ރައީސް ނަޝީދު ވަޑައިގަންނަވާ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާނެއެވެ.
ލަންކާ މަގުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު، އިއްޔެގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން މަޑުޖެއްސުމަށް އަމުރުކޮށް، އެމަނިކުފާނާއި މެދު އިތުރު ފިޔަވަޅެއް ނޭޅުމަށްވެސް އަމުރުކޮށްފައެވެ.
ގިނަ އަހަރުތަކަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާ ހިނދު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ވަނީ މާލޭގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް