ހުސެއިން އަޒްހަމް(ކ)، ޖަރުމަނަށް ފުރުމުގެ ކުރިން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އާއިއެކު..
ހުސެއިން އަޒްހަމް(ކ)، ޖަރުމަނަށް ފުރުމުގެ ކުރިން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އާއިއެކު..
ކުޅިވަރު 04 Sep 2024 | 12:26

ހޭންޑްބޯޅަ އިންޓަނޭޝަނަލް ކޯޗިންގ ޕްރޮގުރާމުގައި ބައިވެރިވުމަށް އަޒުހަމް ޖަރުމަނަށް!

ރާއްޖޭގެ ތަޖުރިބާކާރު ހޭންޑްބޯޅަ ކޯޗު، ހުސައިން އަޒްހަމް ޔުނިވާސިޓީ އޮފް ލެއިޕްޒިގް އިން ހިންގާ ހަ މަސް ދުވަހުގެ އިންޓަނޭޝަނަލް ކޯޗިންގ ޕްރޮގުރާމެއްގައި ބައިވެރިވުމަށް ޖަރުމަނަށް ދިއުމަށްޓަކައި އާދިއްތަ ދުވަހު ފުރައިފިއެވެ.

މި ޕްރޮގުރާމަކީ ޖަރުމަނުގެ ޔުނިވާސިޓީ އޮފް ލެއިޕްޒިގުގެ ކޯޗިން ކޯސްތަކުގައި ހިމެނޭ ފިނި މޫސުމުގެ ކޯޗިންގ ޕްރޮގްރާމްތަކުގެ ތެރެއިން ހޭންޑްބޯޅައަށް ޚާއްސަ ހަ މަސް ދުވަހުގެ ކޯހެކެވެ. އަދި މި ކޯސް ކުރިއަށްދާނީ 01 ސެޕްޓެމްބަރުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށެވެ.

ހޭންޑްބޯޅަ މޯލްޑިވްސްއަށް މިކޯހުގައި ކޯޗަކު ބައިވެރިކުރުމަށް ފުރުސަތު ދީފައި ވަނީ ރައްޖޭގައި ހުންނަ ޔުނިވާސިޓީ އޮފް ލެއިޕްޒިގްގެ އެމްބެސެޑަރ މެދުވެރިކޮށް، ސްރީ ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީންނެވެ. އަދި އެސޯސިއޭޝަނުން ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އަޒްހަމް އާއެކު އިތުރު ތިން ކޯޗަކު ވަނީ ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައެވެ.

އެސޯސިއޭޝަނުން ހުޅުވާލި ފުރުސަތުގައި ކޯހުގައި ބައިވެރިވުމަށް ހުރިހާ ކޯޗުންވެސް ލިޔެކިޔުންތައް ހުށަހަޅާފައި ވަނީ ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީއަށެވެ. އަދި އެމްބަސީން ޔުވާސިޓީއަށް ލިޔުންތައް ފޮނުވުމުން، ކޯހަށް ހޮވުނު ފަރާތް ކަނޑައަޅާފައި ވަނީ ލެއިޕްޒިގް ޔުނިވާސިޓީންނެވެ.

މީގެ އިތުރުން ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މި ޓްރެއިނިންގ ޕްރޮގްރާމުގެ ސަބަބުން ދިވެހި ހޭންޑްބޯޅައަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދަނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި ހޭންޑްބޯޅަ ކުރިއެރުވުމަށް މިދާއިރާ އިން ޓެކްނިކަލް މީހުން ބިނާކުރުމަށް ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ޓްރޭނިންގ ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވި އަޒްހަމްއަކީ 2019 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަން (އައިއެޗްއެފް) ގެ ސަޓިފައިޑް ބީ ލައިސަންސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އަދި މީގެ އިތުރުން އަޒުހަމް ވަނީ 2017 ވަނަ އަހަރު ގައުމީ ޖޫނިއާ ޓީމުތަކާ އެކު މަސައްކަތް ކުރުމުގެ އިތުރުން، 2023 ވަނަ އަހަރު އައިއެޗްއެފްގެ މުބާރާތުގެ 19 އަހަރާއި 17 އަހަރުން ދަށުގެ ޓީމު ލޯ މެޑަލް ހޯދިއިރު އެ ދެޓީމުގެ ކޯޗިން ޓީމުގައިވެސް ހިމެނިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...