ރާއްޖެއާ މޮންގޯޅިއާ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އޭއެފްސީ
ރާއްޖެއާ މޮންގޯޅިއާ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އޭއެފްސީ
ކުޅިވަރު 22 Nov 2025 | 18:16

ދިވެހިރާއްޖެ އަތުން މޮންގޯލިއާއަށް އުނދަގޫ މޮޅެއް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އޭއެފްސީ އޭޝިއަންކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި މިއަދު ދިވެހިރާއްޖެއާ މޮންގޯލިއާ ބައްދަލުކުރިމެޗް ހަނިގޮތަކަށް މޮންގޯލިއާ ކާމިޔާބުކޮށްފިއެވެ.

ތައިލެންޑްގެ ޗޮންބްރީގައި ކުޅުނު މިމެޗް، މޮންގޯލިއާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި މޮންގޯލިއާ ޓީމުން އުފައްދަން އުޅުނު ގިނަ ހަމަލާތައް ރާއްޖޭގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ. މިމެޗްގައި ތަރިއަކަށްވީ ރާއްޖޭގެ ޓީމްގެ ކީޕަރު މުހައްމަދު މާއިލް މޫސާއެވެ. މިފަހަރުގެ ސްކޮޑްގައި ހިމެނުނު ޒުވާން ގިނަ ކުޅުންތެރިންނަނީ މިފަދަ ބައިނަލްއަޤްވާމީ ވާދަވެރި މެޗަކަށް އަލަށް ނިކުތް ކުޅުންތެރިންނެވެ. ނަމަވެސް މި މެޗްގައި މި ކުޅުންތެރިންވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ.

މެޗްގައި މޮންގޯލިއާއަށް ލީޑް ލިބުނީ ފުރަތަމަ ހާފްގެ ތެރޭގައެވެ. އެއީ ހިލޭޖެހުމަކުން ފޮނުވާލިބޯޅައެއް ރާއްޖޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަތް ބޯޅައަކުންނެވެ.

ރާއްޖެއާ މޮންގޯޅިއާ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އޭއެފްސީ

މެޗްގައި މޮންގޯލިއާ ޓީމަށް ލީޑް ފުޅާކުރާނެ ރަނގަޅު ފުރުސަތުތައް ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ވަނީ ލިބިގެންގޮސްފައެވެ. ނަމަވެސް ރާއްޖޭގެ ޓީމްގެ ކީޕަރު މުހައްމަދު މާއިލް ވަނީ ގިނަ ހަމަލާތައް ހުއްޓުވާފައެވެ. ރާއްޖެ ހިމެނޭ ކޮލިފައިން ގްރޫއްޕުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ތުރުކެމިނިސްތާނާ ކުވައިތެވެ. މިމެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުވެއިތެވެ.

މުބާރާތުގެ ކޮލިފައިންގައި ދެން ރާއްޖެ ނިކުންނާނީ 24 ވަނަ ދުވަހު ތުރުކެމިނިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން ދެން ނިކުންނާނީ 26 ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށެވެ. މިއީ ކޮލިފައިންގައި ރާއްޖެއަށް އެންމެ އުނދަގޫވާނޭކަމަށް ބެލެވޭ މެޗެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކީ ޞަބާޙު މުހައްމަދު (ސޮބާ) އެވެ.

ކޮލިފައިން މެޗްތަކަށް ނިކުތުމުގެ ކުރިން ރާއްޖޭގެ ޓީމް ދިޔައީ މާލޭގައި ފަލަސްތީނު ޓީމާ ދެކޮޅަށް ޕްރެކްޓިސް ދެ މެޗް ކުޅުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...