N/A
N/A
ހަބަރު 03 Nov 2018 | 20:15

ރޯޑް ރޭހުގެ 10 ކިލޯމީޓަރު ދުވުމުގެ އެއްވަނަ ފަޒީލް އާއި މަރީއަށް

އިއްޔެ ބޭއްވުނު ރާއްޖޭގެ އެންމެ ބޮޑު ޗެރިޓީ ރަން ކަމަށްވާ ދިރާގު ރޯޑް ރޭހުގެ އެންމެ ބޮޑު ކެޓަގަރީ ކަމަށްވާ 10 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ، ހުސައިން ފަޒީލް އާއި މަރިޔަމް އަބްދުލް ކަރީމް (މަރީ) ހޯދައިފިއެވެ.

ދިރރާގުންވަނީ މިއަހަރުގެ 10 ކިލޯމީޓަރުގެ ދުވުމުން އެއްވަނައަށް ހޮވޭ ފަރާތްތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާފައެވެ.

އަދި މިރާހުގެ 10 ކިލޯމީޓަރުގެ ދުވުމުން ދެވަނަ ހޯއްދަވާފައިވާ ހުސައިން ރިޒާ އާއި ޕެޓްރީޝިއާ ލޮރޭޒް ގޮމޭޒް އަށް ވަނީ 8،000 ރުފިޔާ ފައިސާގެ އިނާމެއް ކަނޑައަޅާފައެވެ.

ހަމައެހެންމެ ތިންވަނައަށް ހޯދާފައިވަނީ އަހުމަދު ރިޒާ އާއި ފާތުމަތު ނިއުޝާއަށް ވަނީ 6،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައެވެ.

ގިނަ ދިވެހިންގެ ސަޕޯޓްލިބޭ ދިރާގު ރޯޑް ރޭހުގެ އެންމެ ގިނަ ބަޔަކު ބައިވެރިވަނީ ފަސް ކިލޯމީޓަރު ނުވަތަ 5ކޭ ކެޓަގަރީއިންނެވެ.

އެ ކެޓަގަރީ ވަނީ އޯޕެން ފިރިހެން އަދި އަންހެން އާއި 45 އަހަރުން މަތީގެ އަންހެން އަދި ފިރިހެން އާއި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އާއި 13 އަހަރުން މަތީ އަންހެން އަދި ފިރިހެން، މިއަށް ބަޔަކަށް ބަހާލާފައެވެ.

އޯޕެން ކެޓަަރީއިން އެއްވަނައަށް ހޯދާފައިވަނީ ހަމްދު ރަޝީދާއި ވަފިއްޔާ އަހުމަދަށް ވަނީ 6،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައެވެ.

އުމުރުން 45 އަހަރުން މަތީ ކެޓަގަރީއިން އެއްވަނައަށް ހޮވޭ ފަރާތްތަކަށްވެސް ވަނީ 6،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައެވެ. އުމުރުން 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީއިން އެއްވަނަ ލިބޭ ކުދީންނަށް ކަނޑަޅާފައިވަނީ ވައުޗާއަކާއި މެޑަލް އަދި ޓްރޮފީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.