ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ ޖެހުުމާއި ގާޑް މައުންޓުކުރުން ބާއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
30 ވަނަ ނަސްރުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހެނދުނު 06:30 ގައި ޝަހީދުންގެ ހަނދާނީ ބިނާ ސަރަހައްދުގައި އެމްއެންޑީއެފުން ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ ޖެހުުމާއި ގާޑް މައުންޓުކުރުން ބާއްވައިފިއެވެ.
މި ރަސްމިއަޔާތު ޝަރަފުވެރި ކޮއްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.
ދިދަ ޖަހައި ގާޑު މައުންޓް ކޮއްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިނެވެ. ދިދަ ފާޓީގެ ކޮމާންޓަރަކަށް ހުންނެވީ ކެޕްޓަން އިބްރާހިމް ޒަމީރުއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައިވަނީ ނޮވެމްބަރ 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަދާންގައި ހަތްބަޑީގެސސަލާމަތް އެރުވުމާއި ހިމޭންކަމުގެ ސުކޫންތެއްވެސް ގެނެެސްފައެވެ.
އަދި ދިވެހި ސިފައިންގެ އަޒުމް އާކުރުންވެސް މިރަސްމިއްޔާތުގައި އޮތެވެ. މިނަންބަރު ފުރިހަމަ ކޮއްދެއްވީ ވައިސް ޗީފްއޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހްމަދު ޝާހިދެވެ.
މި ރަސްމިއްޔާތުގައި ޗީފްއޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަހްމަދު ޝިޔާމްއާއި ސިފައިންގެ ޖެނެރަލް އޮފިޔަރުންނާއި ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮއްފައިވާ އެކި ރޭންކް ތަކުގެ ބޭފުޅުންނާއި ސީނިއަރ އޮފިޔަރުންނާއި އެކި ރޭންކްތަކުގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންނެވެ.

ނަސްރުންގެ ދުވަސް ފާހަގަކުރަން ފެށުމުގެ ގޮތުން ރާއްޖެ އެކި ސަރަހައްދުގައި ސިފައިން ޖަމާއަތުގައި ފަތިސް ނަމާދު ކޮއްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިން ޖަމާއަތުގައި ފަތިސް ނަމާދުކުރީ އިސްލާމީ މަރުކަޒުގައެވެ.
މީގެއިތުރުން އެކިހަރަކާތްތައް ނަސްރުންގެ ދުވަސް ފާހަގަ ކުރުމަށް ރޭވިފައިވާ ކަމަށާއި އެގޮތުން މިއަދު ހަވީރު ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ޖުމްހޫރީ މައިދާނުގައި ބާއްވާގޮތަށް ހަމަޖެހހިފާވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް