މެލޭޝިއަށް ފުރުމުގެ ކުރިން ބީޖީ އެކަޑަމީގެ ކުޅުންތެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި.. ފޮޓޯ: ބީޖީ އެކަޑަމީ
މެލޭޝިއަށް ފުރުމުގެ ކުރިން ބީޖީ އެކަޑަމީގެ ކުޅުންތެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި.. ފޮޓޯ: ބީޖީ އެކަޑަމީ
ކުޅިވަރު 03 Dec 2024 | 19:27

49 ކުޅުންތެރިންނާއިއެކު ބީޖީ އެކަޑަމީގެ ހަތަރު ޓީމެއް މެލޭޝިއާއަށް

މެލޭޝިއާގައި 6 ޑިސެންބަރ 2024 އިން 8 ޑިސެންބަރ 2024 ގެ ނިޔަލަށް ކުރިއަށްގެންދާ 18 ވަނަ އާރުއެސްއޯ ޖޫނިއަރ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބީޖީ އެކަޑަމީގެ ހަތަރު ޓީމެއް މެލޭޝިއާއަށް ދިއުމަށްޓަކައި މިރޭ ފުރައިފިއެވެ.

ބީޖީ އެކަޑަމީގެ ފަރާތުން ހެޑްކޯޗު އަބްދުއްﷲ ނަސީރު (އަބޯ ކޯޗު) ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިދަތުރުގައި އެކަޑަމީގެ ހަތަރު ޓީމަކުން ޖުމްލަ 49 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ ޓީމެވެ.

އިތުރަށް ވާހަކަ ދައްކަމުން އަބޯ ކޯޗު ބުނީ މިއީ މިމުބާރާތުގައި ބީޖީ އެކަޑަމީ އިން ވާދަކުރާ ހަވަނަ އަހަރު ކަމަށެވެ. އަދި މީގެ ކުރިން މިމުބާރާތުގެ 12 އަހަރުންދަށާއި 14 އަހަރުން ދަށުގެ ރަނަރަޕް ޝީލްޑް ބީޖީ އެކަޑަމީ އިން ކާމިޔާބުކޮށްފައިވާއިރު، އުންމީދަކީ މިއަހަރުގެ މުބާރާތުގައި ވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ.

ނަމަވެސް މާލީ ދަތިތަކާއިހުރެ، މުހިންމު ބައެއް ކުޅުންތެރިންނަށް މިމުބާރާތުގައި ބައިވެރި ނުވެވުނުކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ މުބާރާތްތަކުގައި އެކަޑަމީގެ ޓީމުތައް ވާދަކުރާއިރު ކޮންމެ އަހަރަކުވެސް ބެލެނިވެރިންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި ނަމަވެސް ކުޅިވަރުގެ ކަންކަމާއި ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ އެކަމާއި ހިތާމަކުރާކަމަށެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދިވެހި ފުޓްބޯޅައިގެ އައު ޖީލެއް އުފެއްދުމަށް އެގޮތުން ބީޖީ އެކަޑަމީ އިން މި އެކަޑަމީގެ ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ރާއްޖެއިން ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު, ބެލެނެވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އަބޯ ކޯޗު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...