ރެފްރީން ގެ އަގުވަޒަންކުރުމުގެ ގޮތުން ކުލަބު ޖީއެސްގެ ފަރާތުން ބޭއްވި ހަފްލާގެ ތެރެއިން
ރެފްރީން ގެ އަގުވަޒަންކުރުމުގެ ގޮތުން ކުލަބު ޖީއެސްގެ ފަރާތުން ބޭއްވި ހަފްލާގެ ތެރެއިން
ކުޅިވަރު 15 Jan 2024 | 20:32

ހޯރަފުށީގައި މަސައްކަތްކުރާ ރެފްރީންގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބާއްވައިފި

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިދިޔައަހަރު ބޭއްވުނު އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ރެފްރީގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

މި ހަފްލާ އާއި ބެހޭގޮތުން ކުލަބު ޖީއެސްގެ ފަރާތުން މުއްސަދު އަސްލަމް ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި، އެކުލަބުގެ ފަރަތުން މިފަދަ ހަފްލާއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މިރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ރެފްރީން ކޮއްދެއްވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ރެފްރީގެ ގޮތުގައި ވަރަށް މަދު ބައެއް މިތިބީ އަދި ގިނަ މުބާރަތްތަކެއް އަހަރުތެރޭގައި ބޭއްވިގެން ދާއިރު، ވަރަށް ވަގުތު އެބޭފުޅުން އެދެނީ ކުޅިވަރަށް.. މީގެއިތުރުން ވެސް ކޮންމެ މުބާރާތެއް ވެސް ކާމިޔާބުކަމާއެކީ ނިންމާލުމަށް އެންމެ ބުރަ މަސައްކަތެއް ކުރަބަޔަކީ ރެފްރީ މިސަބަބާހުރެ އެބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިއްވަރު ދިނުމަށް ޚާއްސަ ހަފްލާއެއް ބޭއްވުނަށް ކުލަބުން ނިންމީއެވެ.

މީގެއިތުރުން ވެސް އެކި ކުޅިވަރުތަކަށް ރެފްރީ ތަމްރީނު ކުރުމަށާއި މިހާރު ރެފްރީކަން ކުރަމުން އަންނަ ފަރާތްތަކަށް އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދިނުމުގައި ކުލަބުން އެހީތެރިވެދިނުމުގެ އިތުރުން 2024 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރާ ރެފްރީއަކަށް ކުލަބުގެ ފަރާތުން ރެފްރީ ފުލް ގިއަރ ސެޓެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...