މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އާއިޝާގެ ރަސްމީ ވެބްސައިޓް އިފްތާހު ކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާގެ ރަސްމީ ވެބްސައިޓް ރޭ އިފްިތާޙު ކޮށްފިއެވެ.
މިވެބަސައިޓް އިފްތިތާހް ކޮއްދެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބަގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީގެ އިދާރީ މުއައްޒަފުން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޕެރަޑައިސް އައިލެންްޑް ރިސޯޓުގައި، އާއިޝާ ހުކުުރު ދުވަހުގެ ރޭ ދެއްވި ޚާއްޞަ ފަރިއްކޮޅެއްގެތެރެއިން އެކަމަނާ އެވެ.
މި ވެބްސައިޓުން އާއިޝާގެ ހުރިހާ މައުލޫމާތަކާއި މީޑިޔާ ކަވަރޭޖް އަދި ފޮޓޯ، ދެބަހުން ފެނިގެންދާ ކަމަށްވެއެވެ.
މި ރަސްްމިއްޔާތުގައި ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމްއާއި، ޕާޓީގެ ރައީސް އަލީ ވަހީދުއާއި، ޕާޓީގެ ކައުންސިލް މެންބަރުނާއި، ޕާޓީގެ އިސްވެރިންނާއި ޕާޓީގެ އިދާރީ މުއައްޒަފުންނާއި އާއިލާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިވެޓްސައިޓް އަކީ ޓީމް އައިޝާ އިން ފަރުމާކޮށް، ހިންގާ ވެބްސައިޓެއް ކަމަށްވެއެވެ.
ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމުން މިއީ އައީސާގެ ކެންޕެއިން ހަރަކާތްތަކުގެ ފެށުން ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް