ޝާކް ހެޑާއި ޑީއާރުސީ ނެރެގަނޑު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ރާޅު އާޓްސް
ޝާކް ހެޑާއި ޑީއާރުސީ ނެރެގަނޑު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ރާޅު އާޓްސް
ކުޅިވަރު 11 Nov 2024 | 16:15

ޑީއާރުސީ ނެރެގަނޑާއި ޝާކްހެޑްގެ ކުރިމަތިލުން އެއްވަރު

ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ "މައި ފުވައްމުލައް ބާބާ ގާޑިޔާ ފުޓްސަލް ޓޯނަމަންޓް 2024" ގެ ގުރޫޕް އޭގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ޝާކް ހެޑާއި ޑީއާރުސީ ނެރެގަނޑު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޝާކް ހެޑުންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާލިފް އަހުމަދު ހުސެއިން އެވެ.

މިއީ ޑީއާރުސީ ނެރެގަނޑު ހާފު ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް އަރައި ކައިރިގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ފަސް މިނެޓްފަހުން ޑީއާރުސީ ނެރެގަނޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އާޒިމް އެވެ.

މިއީ ޝާކް ހެޑްގެ ހާފު މެދަށްވުރެ މެދުރޮނގާއި ކައިރީހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝާކް ހެޑްގެ ގޯލްކީޕަރު އަހުމަދު އައުން އިބްރާހިމް ހަމީދު އެވެ.

މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރަމުންއަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕުން ދެވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

11 ނޮވެމްބަރު 2024 އިން 20 ނޮވެމްބަރު 2024 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...