N/A
N/A
ހަބަރު 03 Nov 2018 | 17:55

ދެވަނަ ފަހަރަށް ސްޓީވީ އިނޮވޭޓިވް އެވޯޑް އުރީދޫއަށް

އެމެރިކާގެ ބިޒްނަސް އެވޯޑްސް އެސޯސިއޭޝަން އިން ވިޔަފާރި ކުންފުނިތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ ސްޓީވީ އެވޯޑުން "އިނޮވޭޓިވް" ކުންފުނީގެ އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސްއަށް ލިބިފައިވަނީ އެންމެ އިނޮވޭޓިވް ކުންފުނީގެ ކެޓަގަރީއިން ބްރޮންޒް އެވޯޑެވެ. އުރީދޫއިން ވަނީ މިދިޔަ އަހަރުވެސް މި އެވޯޑް ހާސިލް ކޮޮއްފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވަނީ ކުންފުނީގެ އައު އީޖާދުތަކުގެ އަގު ވަޒަންކޮށް އެކަމަށް އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ގޮތުގައި ސިފަ ކުރައްވާފައެވެ.

އީޖާދީ މަސައްކަތްތައް ކުރުމުގެ ފަހަތުގައި ވަނީވެސް ކަސްޓަމަރުންނަށް ފަސޭހަ މަގުތައް ފަހިކޮށްދިނުން ކަމަށް ނަޖީބް ވިދާޅުވިއެވެ.

ސްޓީވީ އެވޯޑްގެ ކޮންމެ ދާއިރާ އަކުންވެސް ތިން ދަރަޖަކަމަށްވާ ގޯލްޑް، ސިލްވަރ އަދި ބްރޮންޒް އެވޯޑް ލިބެއެވެ.

މިދިޔަ އަހަރު އުރީދޫއިން ވަނީ އިނޮވޭޓިވް ކުންފުނީގެ އިތުރުން އެކުންފުނިން ތައާރަފްކުރި "އެމް-ފައިސާ" އަށް މޮޅު އާ ޕްރޮޑަކްޓެއް ތައާރަފުކުރި ކުންފުނީގެ އެވޯޑްވެސް ލިބިފައެވެ.

އުރީދޫގެ އެމް-ފައިސާގެ ހިދުމަތުގެ އެހީގައި ސްމާޓްފޯން ބޭނުންކޮށްގެން ވިޔަފާރީގެ ޓްރާންސެކްޝަންސްތައް ކުރިއަށް ގެންދެވޭނެއެވެ.

މިއަހަރުގެ ސްޓީވީ އެވޯޑްސް ހަފްލާގައި އުރީދޫ ގްރޫޕަށް ޖުމްލަ ހަތަރު ގޯލްޑް އެވޯޑާއި ހަތް ސިލްވަރ އެވޯޑް އަދި ހަތަރު ބްރޮންޒް އެވޯޑް ވަނީ ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.