ފަރެސް މުޙައްމަދު ޢާމިރަށް ޝަރަފްވެރިކަމުގެ އިނާމް އަރުވަނީ... ފޮޓޯ: ރައީސް އޮފީސް
ފަރެސް މުޙައްމަދު ޢާމިރަށް ޝަރަފްވެރިކަމުގެ އިނާމް އަރުވަނީ... ފޮޓޯ: ރައީސް އޮފީސް
ރިޕޯޓް 15 Aug 2026 | 09:19

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އަހުމަދު އާމިރަށް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުޤައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި17 އަހަރަށްވުރެ ގިނަ ދުވަހު ވަނީ ޚިދުމަތް ކުރައްވައިފައެވެ.

މުޙައްމަދު ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ. މި ދެ ކޯހުގެ މުދައްރިސަކީ، ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި މުޙައްމަދު ޢާމިރު އަޙްމަދުގެ ޅެންވެރިކަމުގެ މުރައްބީ، އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅެވެ.

މުޙައްމަދު ޢާމިރު އަޙްމަދު ވަނީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ހިންގަވައި ދެއްވުމާއި، އެކިއެކި ފަރާތްތަކުން ހިންގި ޅެންވެރިކަމުގެ ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ޅެންވެރިކަމުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތާއި ތަމްރީނު ދެއްވުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ހިންގަވާ ދިވެހިބަހުގެ ޑިގްރީގެ 16 ކޯހެއްގައި މުޙައްމަދު ޢާމިރު ޅެންވެރިކަން ކިޔަވައިދެއްވިއެވެ. އަދި، މި ކޯސްތަކުގައި ކިޔަވައިދެއްވުމަށާއި، ދަރިވަރުން ބޭނުންކުރުމަށް ޅެންވެރިކަމުގެ 11 މައުޟޫޢަކަށް މައުލޫމާތު ކަރުދާސް އެކުލަވައިލެއްވިއެވެ. މީގެއިތުރުން، ދިޔޯގެ ރައިވަރާ ގުޅޭގޮތުން ނައިބުތުއްތު ފާޅުކުރެއްވި ޚިޔާލުތައް ދިރާސާކުރައްވައި، އޭގައިވާ ޅެންވެރިކަމުގެ ގަވާއިދުގެ ބަޔާއި، ޅެން ރީތިކުރުމަށް ގެންގުޅޭ އުކުޅުތަކާ ގުޅޭ ބައިތައް ނަންގަވައި، މި ކޯހުގައި ކިޔަވައިދެއްވިއެވެ.

އަދަބިއްޔާތުގެ ދާއިރާގެ އިތުރުން، ތަޢުލީމީ ދާއިރާއާއި، ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުވެފައިވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، މުދައްރިސެކެވެ. ލިޔުންތެރިއެކެވެ. ނޫހުގެ އެޑިޓަރެއްވެސް މެއެވެ. ދިވެހިބަސް ކިޔަވައިދޭން އެކުލަވައިލާ މަންހަޖު އެކުލަވައިލުމާއި، ތަރައްޤީކުރުމާއި، ކިޔަވައިދޭ ފޮތްތައް ލިޔުމާއި އެޑިޓް ކުރުމުގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި 17 އަހަރެއްހައި ދުވަހު ޚިދުމަތް ކުރެއްވި ޢާމިރު ވަނީ،ދިވެހިބަސް ކިޔަވައިދޭ ދަރިވަރުންގެ ފޮތާއި، މުދައްރިސުންގެ ފޮތްވެސް ލިޔުއްވައި އެކުލަވައިލައްވައިފައެވެ. މީގެތެރޭގައި، މިހާރު ކިޔަވައިދޭ ގުރޭޑު 5ގެ ފޮތްބަޔާއި، ގުރޭޑު 8 އާއި،  9 އާއި، 10ގެ ފޮތްބަޔާއި، ގުރޭޑު 9 އަދި 10ގެ އަދަބިއްޔާތުގެ ފޮތް އެކުލަވައިލެއްވުމުގައި މުޞައްނިފެއްގެ ގޮތުންނާއި، އެޑިޓަރެއްގެ ގޮތުންވެސް މަސައްކަތްޕުޅު ކުރެއްވުން ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އެކި ދުވަސްވަރު ޢާމިރު ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެހީތެރިކަން ދެއްވައިފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އެވިޑް ކޮލެޖާއި، މަންދު ކޮލެޖުގެ އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވައި، އެ ކޯސްތަކަށް އިތުރު ކުރިއެރުމާއި ދިރުން ގެނެސްދެއްވުމުގައިވެސް ޢާމިރުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފާހަގަކުރެވުނު ޅެންވެރިންގެ ދުވަހު ބޭއްވި ޢިޝްޤީ ޅެންހެދުމުގެ މުބާރާތުން ލިބިވަޑައިގެންނެވި 3ވަނައާއި، އެ ދުވަހު ބޭއްވި، ވަގުތުން ޅެން ހެދުމުގެ މުބާރާތުން ލިބިވަޑައިގެންނެވި 2ވަނައާއި، އެ އަހަރު ބޭއްވި ޅެންހެދުމުގެ ޤައުމީ މުބާރާތުން އަމިއްލަ ފަރާތްތަކުގެ ބައިން ލިބިވަޑައިގެންނެވި 1ވަނައާއެކު ފެށުނު ކާމިޔާބު ޅެންވެރިކަންވީ، ޅެންވެރިކަމުގެ ދާއިރާގައި ފަނޑުވުމެއްނެތި ޢާމިރުގެ ވިދުން ފެނުނު ސަބަބަކަށެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށާއި، ދިވެހިބަހުގެ އެކެޑަމީއަށް އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހުގެ ބަސްކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1989 ން 2022ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި، ދިވެހިބަހުގެ ގަވާއިދު ކޮމިޓީ، 2014ވަނަ އަހަރު އެކުލަވައިލެއްވީއްސުރެ މިއަދާ ހަމަޔަށް އެ ކޮމިޓީގެވެސް މެންބަރެކެވެ.

މުޙައްމަދު ޢާމިރު އަޙްމަދަކީ، ޅެންހެދުމުގެ ޤައުމީ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރެއްވުމާއި، އެ ކުދިންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ އެދުރެކެވެ. އެ މުބާރާތުގެ ފަނޑިޔާރެކެވެ. އަދި ދިވެހިބަހުގެ އެކެޑަމީއިން ހިންގަވާ އެކި ތަމްރީނުތަކުގައި، ދިވެހިބަހާއި ޅެންވެރިކަން ދަސްކޮށްދޭ ކިލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ.

މުޙައްމަދު ޢާމިރު އަޙްމަދަށް ވަނީ ދިވެހި ޅެންވެރިކަމުގެ ދާއިރާއިން 1996ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. މި ހުރިހާ ކާމިޔާބީއަކާއެކުގައިވެސް ޢާމިރު އެންމެ އުފާފުޅުކުރައްވާ ކާމިޔާބީއަކީ، ޢާމިރުގެ ދަރިވަރުން ޢާމިރާމެދު ފާޅުކުރާ ޝުޢޫރުތަކާއި ވަޒަންކުރާ ގޮތެވެ.

ޢާމިރު ހެއްދެވި ޅެންތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއް ޅެމަކީ، އެމް.އެން.ޑީ.އެފް.އަށް ހައްދަވައިދެއްވި "އިސްނަގާށޭ ދަރިންނޭ ޒުވާން" މި ޅެމެވެ. އަނެއް ޅެމަކީ، ޣައްޒާގެ ކުޑަކުދިންގެ ހާލަތު ބަޔާންކުރައްވައި ހެއްދެވި "ކަރުނަޔާ ލޭގެ ޠޫފާން" މި ޅެމެވެ.

މުޙައްމަދު ޢާމިރު އަޙްމަދު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.ހަމައެހެންމެ، ޅެންވެރިކަމުގެ ޚިދުމަތުގައެވެ. އެ ޅެންވެރިކަމުން ހިތްތަކަށް އުފާވެރިކަން ގެނެސްދެއްވުމުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
15 Aug 2026 ރިޕޯޓް

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް

އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު، ދިވެހި ދައުލަތުގެޚިދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ޚިދުމަތު...

އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ
15 Aug 2026 ހަބަރު

އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ

ދިވެހިރާއްޖޭގައި އިސްލާމްދީނާ ފުށުއަރާނޭގޮތަށް އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނޭހެން ކަންކަން ކަށަވަރުކުރައްވާނޭކަމަށް ރައީސުލްޖުްމހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޤައުމީ ދުވަސް ފާހ...

ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފި
15 Aug 2026 ހަބަރު

ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފި

ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ އިތުރުން ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް އަރުވަ...

ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ
15 Aug 2026 ހަބަރު

ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ

ދިވެހި ޤައުމު ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަން ޖެހިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހއ.އުތީމްގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ...

އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި
15 Aug 2026 ހަބަރު

އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި

ޣާޒީ ބަންޑާރައިންގެ ހަނދާނުގައި ހއ.އުތީމްގައި ބިނާކުރި ދޮރާށި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅިވައިދެއްވީ ޤައުމީ ދުވަހުގެ ރަސްމީ ...

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ
22 Mar 2026 ހަބަރު

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަދުވަހު ހުޅުވާލުމަށް ޤައުމީ އިނާމް ކޮމިޓީން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ޤައުމީ ...