ޒުވާންޓީމް ފުރުމުގެ ކުރިން... ފޮޓޯ: އެފްއޭއެމް
ޒުވާންޓީމް ފުރުމުގެ ކުރިން... ފޮޓޯ: އެފްއޭއެމް
ކުޅިވަރު 08 Mar 2026 | 16:26

ދިވެހިރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް ސިންގަޕޫރު ބަލިކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީޓީމް ސިންގަޕޫރުގެ ޒުވާންޓީމާ ދެކޮޅަށް ކުޅުނުމެޗް ރާއްޖެ ކާމިޔާބުކޮށްފިއެވެ.

ސިންގަޕޫރުގެ ޗޯ ޗޫ ކަންގް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ރާއްޖޭގެ ޓީމް ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ރާއްޖެ ނިކުތީ ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ. މެޗްގައި ރާއްޖޭގެ ޓީމުން ލަނޑުތައް ކާމިޔާބުކުރީ އިލާން، އީތަން، އަހްޒަމް އަދި އަލްހާނެވެ.

ރާއްޖޭގެ ޒުވާންޓީމް ސިންގަޕޫރަށްގޮސް އެޤައުމުގައި ފަރިތަކުރުންތައް ބާއްވައި ތަޖުރިބާ ހޯދުމުގެ މެޗެއް ކުލެފައިމިވަނީ ކުރިއަށްއޮތް ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވުމަށެވެ. ސިންގަޕޫރަށް ކުރާ ދަތުރުގައި ރާއްޖޭގެ ޓީމް، އެޤައުމުގެ 19 އަހަރުން ދަށުގެ ޓީމާއެކު ދެ މެޗެއް ކުޅުމަށް ތާވަލްކުރިއެވެ. އޭގެ ތެރެއިން އެއްމެޗް މިއަދު ކުޅުނުއިރު، ފަހުމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 11 ވާ ބުދަދުވަހުއެވެ.

ސިންގަޕޫރުގައި ފަރިތަކުރުންތައް ބޭއްވުމަށްފަހު ޒުވާންޓީމް އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތިދުވަހުއެވެ. ރާއްޖޭގެ ޒުވާންޓީމް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް މިފަހަރު ފަށާފައިވަނީ ޤައުމީޓީމުގެ ކޯޗްކަމާ ހަވާލުވި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...