ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝާމް:ފޮޓޯ/ ދައުރު
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝާމް:ފޮޓޯ/ ދައުރު
ވިޔަފާރި 28 Aug 2024 | 11:57

ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމުގެ ޔަގީންކަން ދެން: އެސްޓީއޯ ‎

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފެނަކަ ކޯޕަރޭޝަން ލިމިޑެޓް، (ފެނަކަ) އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރުމާ ގުޅޭ ގޮތުން އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފެނަކަ އެ ކުންފުނީގެ ދަށަށް ބަދަލު ކުރަނީ އެސްޓީއޯއިން ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލްއަކަށް ބިނާކޮށް، މިދިޔަ އާދީއްތަ ދުވަހު ކެބިނެޓުން ނިންމައިގެން ކަމަށެވެ.

"އެސްޓީއޯއިން ސަރުކާރަށް 2024 އޮގަސްޓް 25 ވަނަ ދުވަހު ޕްރޮޕޯސަލެއް ހުށަހެޅުނެވެ. މި ޕްރޮޕޯސަލް ގަބޫލުކޮށް، ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް، 2024 އޮގަސްޓް 25 ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމާފައެވެ،" އެސްޓީއޯއިން ބުންޏެވެ.

މިއާއެކު އެސްޓީއޯ އިން ބުނީ ސަރުކާރުގެ އެ ނިންމުމާ އެކު، އަންނަ އަހަރުން ފެށިގެން ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލު ކުރުމަށް އިއްޔެ ބޭއްވި އެސްޓީއޯގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާ އެ މަސައްކަތް ކުރުމަށް ފެނަކަ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޕްލޭންގެ ދަށުން މިނިވަން އޮޑިޓު ފާމެއް މެދުވެރިކޮށް ފެނަކައިގެ ހާލަތު ދެނެގަތުމަށް ފައިނޭންޝަލް އަދިި ލީގަލް ޑިއު ޑެލިޖެންސް ހަދާނެ ކަމަށާ، ފެނަކައިގެ ހަރުމުދާ އަގުކޮށް މާލީ ހާލަތު ދެނެގަންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ހަމަ އެއާއެކު ފެނަކަ ރަނގަޅު މިންވަރަކަށް ބަދަލުކޮށް، ހިންގުން ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީ ތަމްސީލު ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ކަމަށެވެ.

އަދި އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުކުރެވުމާ އެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވަރނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަން ކުރާ އުސޫލާ އެއްގޮތަށް ކަމަށްވެސް ބުންޏެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުން ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށާ އެއީ އެސްޓީއޯއިން ގަނެފައިވާ ތެލަށް އެ ކުންފުނިން ދައްކަންޖެހޭ ފައިސާ ދަރަނީގެ ތެރޭގައި ހިމެނޭތީއެވެ.

"މި ފައިސާ އެސްޓީއޯ ގްރޫޕަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހެދި އެ އާއި އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް ފެނަކައަކި ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މި ކުންފުނީގެ އެންމެހާ ހިއްސާދާރުންނާއި އެހެނިގެން ސްޓޭކް ހޯލްޑަރުންނަށް އަރުވަމެވެ،" އެސްޓީއޯއިން ބުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމުގެ ކަންކަން އަންނަމަހު 13 އަށް ނިމޭނެ: ފަހުމީ
27 Sep 2026 ހަބަރު

އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމުގެ ކަންކަން އަންނަމަހު 13 އަށް ނިމޭނެ: ފަހުމީ

އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...