ހޫނު ގަދަ ދުވަހެއްގައި ހައްޖާޖީން
ހޫނު ގަދަ ދުވަހެއްގައި ހައްޖާޖީން
ދުނިޔެ 04 Jun 2025 | 05:24

ދުވާލުގެ ހޫނު ގަދަ ވަގުތު ތަކުގައި ހައްޖާޖީން ގޭގައި މަޑުކުރުމަށް ސައުދީން އިލްތިމާސްކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްތިބި ހައްޖާޖީން ހޫނުގަދަ ވަގުތުތަކުގައި ކޭމްޕްތަކުގައި މަޑުކުރުމަށް ހައްޖު އަދި އުމްރާގެ މިނިސްޓަރު ތައުފީޤް އަލް-ރަބީއާ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ 49 ވަނަ ބޮޑު ހައްޖު ސިމްޕޯޒިއަމްގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެނދުނު 10:00 އިން ހަވީރު 4:00 އަށް ހައްޖާޖީން އެމީހުންގެ ކޭމްޕްތަކުގައި މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެވަގުތު ތަކުގައި ބޭރުގައި ހިނގާ އުޅުމަކީ ހައްޖާޖީންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން، އަރަފާތުން މުޒްދަލިފާއަށް ދިއުމަށް ކަނޑައެޅިފައިވާ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ. އަދި، ހައްޖާޖީންގެ ހަރަކާތްތަކާ ގުޅޭ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް  އަންގަވާފައިވެއެވެ.

ހަމައެހެންމެ، މިނިސްޓަރު އަލް-ރަބީއާ ވަނީ ނުސުކް ކާޑުގެ މުހިންމުކަން ފާހަގަކުރައްވައި، މި ކާޑަކީ މަސްޖިދުލް ހަރާމަށާއި، މަޝްއަރުލް ހަރާމްތަކަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތަކަށް ވަދެނިކުމެ އުޅުމަށް ކޮންމެހެން ބޭނުންވާނެ އެއްޗެއްކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރު ހައްޖު ހުއްދަ ޗެކްކުރުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ފުރިހަމަ ހައްޖެއް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ސައުދީ ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު އަލް-ރަބީއާ ވަނީ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ
12 Oct 2026 ހަބަރު

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކ...

ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ
05 Jun 2026 ހަބަރު

ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ

މި އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިރޭ ރާއްޖެ އަތުވެއްޖެ އެވެ. ދިވެހި ހައްޖުވެރީން މާލެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައް...

ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ، ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
04 Jun 2026 ހަބަރު

ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ، ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނޭކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗުން ބުނީ، ހައްޖުގެ...

ހައްޖުވެރިންގެ ފުރަތަމަ ގްރޫއްޕު އަންނަ ހުކުރުދުވަހު ރާއްޖެ އަންނާނެ: ހައްޖު ކޯޕަރޭޝަން
02 Jun 2026 ހަބަރު

ހައްޖުވެރިންގެ ފުރަތަމަ ގްރޫއްޕު އަންނަ ހުކުރުދުވަހު ރާއްޖެ އަންނާނެ: ހައްޖު ކޯޕަރޭޝަން

މިފަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖާޖީން އަންނަ ހުކުރުދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނޭކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ ދިވެހި ހައްޖާޖީން ރާއްޖެ އަނ...

ޢަރަފާތު ދުވަހުގެ ޚުތުބާ ބައްޕަ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ދަރިފުޅު
26 May 2026 ދުނިޔެ

ޢަރަފާތު ދުވަހުގެ ޚުތުބާ ބައްޕަ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ދަރިފުޅު

1447 ވަނަ އަހަރުގެ، މި އަހަރުގެ އަރަފާތު ދުވަހުގެ ޚުތުބާ މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް-ޙުޛައިފީ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ޝެއިޚްގެ ދަރިކަލުން ޝ...

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ އަރަފާތުގައި: ހައްޖު މިޝަން
26 May 2026 ހަބަރު

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ އަރަފާތުގައި: ހައްޖު މިޝަން

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ. މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހާޖީންގެ...