ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިރޭ ރާއްޖެ އަތުވެއްޖެ އެވެ.
ދިވެހި ހައްޖުވެރީން މާލެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރީންގެ ދެވަނަ ގުރޫޕް އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އަންނާނެ އެވެ.

މި އަހަރުވެސް ރާއްޖެއިން 1,000 ދިވެހީން ހައްޖުގެ އަޅުކަމަށް ދިޔަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މި އަހަރު ހައްޖުވެރީންނަށް ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ހައްޖުވެރީން އަންނާތީ އެއާޕޯޓްގެ އިންތިޒާމުތައް އެމްއޭސީއެލުން ވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް