ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ އަރަފާތުގައި: ހައްޖު މިޝަން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ.
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހާޖީންގެ ތެރެއިން، އެންމެ ހާޖީއެއް ފިޔަވައި އެންމެން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ފަތިހު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، ޢަރަފާތަށް ނުގެންދެވި އޮތް ހަމައެކަނި ހާޖީއަކީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހެއް ކަމަށެވެ. އަދި އެ މީހާވެސް ޢަރަފާތަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
”ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު.“ ޝަހީމް ވިދާޅުވިއެވެ.
އެފަހުން މިއަދު 11 ޖަހާކަންހާއިރު ހައްޖު މިޝަންއިން ބުނީ މިހާރު ހުރިހާ ހާޖީންނަށް އަރަފާތަށް އާދެވިފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް