އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރަން ހަވާލު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރުމަށް ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނީ އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރަން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރު ކުރެވޭނެ މެރީނާ އެއް ތަރައްްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށް ބުންޏެވެ.
އެމްޕީއެލް އިން ބުނީ ޔޮޓް މެެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީ ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުލިގަމަކީ ޔޮޓްތަކުގެ އެންމެ ޑިމާންޑް ބޮޑު މަންޒިލެވެ. އެ ރަށުގައި ޔޮޓް މެރީނާއެއް އެޅުމަކީ އަހަރުތަކެއްގެ ކުރީން ފެށިގެން ދައްކަމުންދާ ވާހަކަ އެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް