N/A
N/A
ހަބަރު 15 Nov 2018 | 17:13

ޕީޕީއެމް ކޮންގްރެސް އާމެދު ގޮތެއް ނިންމުން މިރޭ

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށް އެޕާޓީއިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިރޭ 8:30 ހަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ޕީޕީއެމް ކޮންގްރެސް ބަލައި ނުގަންނަން އީސީއިން ނިންމީ އެ ޕާޓީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓްލާފައިވުމާއި ކޮންގްރެސް ބޭއްވުމުގައި ގެންގުޅުނު ބައެއް އިޖުރާއަތުތައް ގޯސްކޮށް ހުރުމުން ކަމަށް އީސީއިން ހައިކޯޓްގައި ބުނެފައިވެއެވެ.

އޭގެ ޖަވާބުގައި ޕީޕީއެމް އިން ބުނެފައިވަނީ އެޕާޓީގެ ނިންމުންތައް ނިންމާފައިވަނީ އީސީގެ އޮބްޒާވަރުންގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެވަގުތު އެއްވެސް މައްސަލައެއް ފާހަގަ ނުކޮއް މައްސަލަތައް ފާހަގަކުރީ މާފަހުން ކަމަށާއި އެހެންކަމުން ކޮންގްރެސް ސައްހަނުވާނެ ސަބަބެއް ނެތް ކަމަށެވެ.

ސެޕްޓެމްބަރ މަހު ބޭއްވުނު ޕީޕީއެމް ކޮންގްރެސްގައި އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުކުރުމުގެ އިތުރުން ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އައްޔަންކޮށްފައެވެ. އަދި އާ ކައުންސިލެއް ވެސް ޕީޕީއެމްއިން އެކުލަވާލިއެވެ.

ހައިކޯޓުން ވަނީ މިމައްސަލައިގެ ދެ އަޑުއެހުމެއް މީގެކުރިން ބާއްވާފައެވެ. އެގޮތުން މިދިޔަ އަންގާރަދުވަހު ބޭއްވި އެމައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އިތުރު ކަމެއް ސާފު ކުރަން ބޭނުން ނޫން ނަމަ ދެން އޮންނާނީ ހުކުމް ކަމަށް އިއުލާންކޮށްފައެވެ.

2016 ވަނަ އަހަރު ސިވިލް ކޯޓުންވަނީ ރައީސް އަބްދުﷲ ޔާމީންއާ ޕާޓީ ހަވާލުކޮށް ޕާޓީގެ ގައުމީ ޖަލްސާއެއް ނޫނީ ކޮންގްރެސް ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން ބޭއްވުމަށް ހުކުމް ކޮއްފައެވެ.

ނަމަވެސް ވޭތުވެދިޔަ ދެ އަހަރުވެސް ކޮންގްރެސް އެއް ނުބާއްވާ އެންމެފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބޭއްވިއިރު ޕީޕީއެމްގެ ލީޑަރޝިޕް ސައްޚަ ނޫންކަމަށް ބުނެ އެޕާޓީ ރައީސް މައުމޫނަށް ހަވާލްކޮއްދިނުމަށްއެދި ސިވިލް ކޯޓަށް އަމިއްލަ މެންބަރަކކު ހުށައަޅާފައިވަނިކޮއްނެވެ. މިމައްސަލަ މިހާރުވަނީ ސުޕްރީމް ކޯުން ހުއްޓުވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.